އިސްރާއީލުގެ އާއްމުން މުޒާހަރާ ކުރަނީ-- ފޮޓޯ: ދަ ޓައިމްސް އޮފް އިސްރާއީލް
ދުނިޔެ
01 Apr 2024 | 11:11
ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ގުޅިގެން އިސްރާއީލުގެ އާއްމުންވެސް މުޒާހަރާ ކުރަނީ

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ގުޅިގެން އިސްރާއީލުގެ އާއްމުންވެސް މުޒާހަރާ ކުރަން ފަށައިފިއެވެ.

އިސްރާއީލުގެ ގިނަ ބަޔަކު ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރި މައްޗަށް އެއްވެ ވަގުތުން ހަނގުރާމަ ހުއްޓާލައި، ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމަށާއި 2026 ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ އިންތިހާބު އަވަސް ކުރުމަށް ގޮވާލާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ނިރުބަވެރި އިސްރާއީލު ސިފައިން ޣައްޒާއަށް ހަމަލާ ދޭން ފެށީންސުރެ ވެސް އެ ގައުމުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. ނަމަވެސް މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްވެ ބޭއްވި މުޒާހަރާކަމަށް ބޭރު ދުނިޔޭގެ ހަބަރުތަކުން ރިޕޯޓް ކުރެއެވެ.

ހަނގުރާމަ ހުއްޓައިނުލާ ކުރިއަށްގެންދާތީ، އިސްރާއީލުގެ އަނިޔާވެރި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އެގައުމުގެ އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު، އޭނާ އިސްތިއުފާ ދިނުމަށްވެސް ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ. އާންމުންގެ ނުރުހުން ނަތަންޔާހޫ އަށް އަމާޒުވެފައިވާއިރު، އޭނާގެ މައްޗަށް އަންނަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއް ވެސް ކުރެވެމުންނެވެ.

އިސްރާއީލުގެ އާންމުންގެ އިތުރުން، މުޅި ދުނިޔެއިން ވެސް ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލަމުންދާއިރު، ނަތަންޔާހޫ ވަނީ ހަނގުރާމަ ހުއްޓާލާނީ ހަމާސް ބަލިކުރުމަށް ފަހުގައި ކަމަށް ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 32,782 ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ