ސައިޕްރަސް އިން ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް ފޮނުވި އުޅަނދުތައް-- ފޮޓޯ: އިމީޑިއޭޓް ނިއުސްވަޔާ
ދުނިޔެ
01 Apr 2024 | 12:28
ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދިން ދެވަނަ ގައުމަކަށް ސައިޕްރަސް

ސައިޕްރަސް އިން ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދިފިއެވެ.

ޔޫއޭއީ ގެ އެހީއާއި އެކު ސައިޕްރަސް އިން ވަނީ ކަނޑުމަގުން ޣައްޒާއަށް 400 ޓަނުގެ ކާނާ އާއި އެހެނިހެން އެހީގެ ތަކެތި ހިމެނޭހެން ތިން ބޯޓުގެ އެހީ ފޮނުވާފައެވެ. އިއްޔެ ފުރި މި ބޯޓުތަކުގެ އެހީ ޣައްޒާއާއި ހަމައަށް ފޯރުކޮށްދޭނީ މުދާ އުފުލާ ބޯޓަކާއި ސެލްވޭޖް އުޅަނދަކުން ޓޯ ކުރާ ޕްލެޓްފޯމަކުންނެވެ.

މިތަކެތި ތައްޔާރު ކުރުމުގައި ހަރަކާތްތެރިވި ޖަމިއްޔާއެއްް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއު ސީ ކޭ) އިން ބުނީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭނީ ހަނޑުލާއި، ޕާސްތާ އާއި ފުށާއި ތަރުކާރީ ފަދަ ތަކެތި ކަމަށެވެ. އެހީގެ ގޮތުގައި ފޯރުކޮށްދިން މި ތަކެތިން 1 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކާތަކެތި ތައްޔާރު ކުރެވޭނެ ކަމަށާއި، މި ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ކަނދުރުވެސް ފޮނުވާފައިވާނެ ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ.

އެހީގެ ތަކެތި ޣައްޒާގެ ބަނދަރަށް ބޭލުމަށްޓަކައި ސައިޕްރަސް އިން ވަނީ އެހީގެ ތަކެއްޗާއި އެކު 2 ފޯކްލިފްޓާއި 1 ކްރޭން ވެސް ވަނީ ޣައްޒާއަށް ފޮނުވާފައެވެ. މިއީ ކުރިއަށް އޮތް ތަނުގައި ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދޭ އެހެން ގައުމުތަކަށް ވެސް ފަސޭހަކަމާއި އެކު އެކަން ކޮށްދިނުމަށްޓަކައި އެ ގައުމުން ފަހި ކޮށްދިން ކަމެކެވެ.

މީގެ ކުރިން މިމަހުގެ 16 ވަނަ ދުވަހު ސްޕެއިން އިން ވެސް ވަނީ ޣައްޒާއަށް 200 ޓަނުގެ ކާތަކެތީގެ އެހީ ފޮނުވާފައެވެ. އެތަކެތި ޣައްޒާއަށް ފޯރުކޮށްދިނުމަށްޓަކައި ޖެޓީއެއް ނެތުމުން އެކި ތަކެތި ބޭނުންކޮށްގެން ވަގުތީ ޖެޓީ އެއް އޭރު ވަނީ ހަދާފައެވެ.

ކާބޯތަކެތި ކަނޑުމަގުން ފަސޭހަ ކަމާއި އެކު ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަަކައި އެމެރިކާއިން ވަނީ ފްލޯޓިން ބަދަރެއް ހެދުމަށް ވެސް ނިންމާފައެވެ. މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން ސައިޕްރަސް ގެ ރައީސް ނިކޯސް ކްރިސްޓޮޑޫލިޑޭސް ވިދާޅުވީ މި ބަނދަރު ނިންމުމަށް އަމާޒު ހިފާފައިވަނީ މޭމަހުގެ 1 ވަނަ ދުވަހަށް ވީ ނަމަވެސް އެންމެ ލަސްވެގެން އޭޕްރިލް 15 ހިސާބުގައި އެ ބަނދަރު ބޭނުން ކުރެވޭވަރު ވާނެ ކަމަށެވެ.

މި ގައުމުތަކުގެ އިތުރުންވެސް އެެމެރިކާއިން ވެސް ވަނީ ދާދި ފަހުން ވައިގެ މަގުން ޣައްޒާއަށް 100,000 ޕައުންޑް ގެ އެހީ ވައްޓާލާފައެވެ. ނަމަވެސް މިފަދައިން އެހީގެ ތަކެތި ވައްޓާލުމުގެ ސަބަބުން މި ތަކެތީގެ ދަށުވުމާއި މި ތަކެތި ހޯދުމަށް ކަނޑަށް އެރުމުގެ ސަބަބުން މީހުން ޝަހީދުވެ، ޒަހަމްވާތީ މިކަމާއި ގުޅިގެން އިންސާނީ އެހީއާއި ބެހޭ ޖަމާއަތްތަކުން އަންނަނީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

ކަނޑާއި ވައިގެ މަގުން ޣައްޒާއަށް ފޯރުކޮށްދޭ އެހީގެ ތަކެތިން ފުދޭ ވަރު ނުވާނެތީ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ޣައްޒާއަށް އިތުރު އެހީ ފޯރުކޮށްދިނުމުގެ މަގުފަހު ކުރުމަށް އިސްރާއީލަށް ގޮވާލަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ޔަހޫދީން ދެމުން އަންނަ އުދުވާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 80 އިންސައްތަ އަށް ވުރެ ގިނަ މީހުން އަންނަނީ ބަނޑުހައިހޫނު ކަމުގެ ވޭން ތަހައްމަލު ކުރަމުންނެވެ. ހަނގުރާމަ ހުއްޓާލައި، އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދިނުމާއި ބެހޭ ގަރާރެއް ދާދި ފަހުން އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުން ފާސްކުރި ނަމަވެސް އެ ގަރާރަށް އިސްރާއީލުން އަމަލުކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ