މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ/ ޕީޕީއެމް
ހަބަރު
01 Apr 2024 | 13:57
ޕީޕީއެމް/ޕީއެންސީގެ މަސައްކަތް ކުރިއަށްދާގޮތް އެނގޭނީ ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަކަށް ނޫން: ހީނާ

ޕީޕީއެމް/ޕީއެންސީގެ މަސައްކަތް ކުރިއަށްދާގޮތް އެނގޭނީ ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަކަށް ނޫން ކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކަމަށް މީގެ ކުރިން އެ ކޯލިޝަނުން ބުނި ނަމަވެސް، އިންތިޚާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓުން އެކަންޏެވެ. އެކަމާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، ޕީއެންސީއަކީ މި ވަގުތު ވެރިކަން ކުރާ ޕާޓީ ކަމަށާއި، މަޖިލިސް އިންތިހާބުގައި ޕީއެންސީން ހުރިހާ ކެންޑިޑޭޓުން ވާދަކުރަން ނިންމުމަކީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގެ ނިންމުމެއް ކަމުގައެވެ.

ޕީއެންސީއަކީ މި ވަގުތު ވެރިކަން ކުރާ ޕާޓީ، ދެން މަޖިލިސް އިންތިހާބުގައި ޕީއެންސީން ހުރިހާ ކެންޑިޑޭޓުން ވާދަކުރަން ނިންމުމަކީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގެ ނިންމުމެއް. އެއީ ދެޕާޓީގެ ޖުމްލަ ނިންމުމެއް. އެއްގޮތަކަށް ޕީޕީއެމް އެއްލާލީއެއް ނޫން. ޕީޕީއެމްގެވެސް މިވަގުތުގެ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު

ހީނާ ވަލީދު

ހީނާ ވިދާޅުވީ ދެ ޕާޓީގައިވެސް ތިއްބަވަނީ ޕާޓީގެ މެންބަރުން ކަމަށާ، ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަނީ ދެ ޕާޓީއާއެކުވެސް މަޝްވަރާ ކުރެވިގެން ކަމަށެވެ.  

އަދި ޕީޕީއެމްގެ އަދި ޕީއެންސީގެ ކަންކަން ކުރިއަށްދާގޮތް ދުރުގައި ތިއްބަވާ ބޭފުޅުންނަށް އެނގިވަޑައެއް ނުގަންނަވާނެ ކަމަށް ވިދާޅުވެ ހީނާ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމްގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީގެ މެމްބަރުންނަށް ދީފައި ނުވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ކުރީގެ ޕީޕީއެމްގެ ލީޑަރ ޔާމިން އަބްދުލްގައްޔޫމް ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. 

ދެން ޕީޕީއެމްގެ ކަންތައް ކުރިއަށްދާ ގޮތް، ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް އެނގިވަޑައިގަންނަވާނީ އަޅުގަނޑުމެންނަށް. ދުރުގައި ތިއްބަވާ ބޭފުޅުންނަކަށް މަސައްކަތްތައް ކުރިއަށް ދާ ގޮތެއް އެނގިވަޑައެއް ނުގަންނަވާނެ. އަދި ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަކަށް ވެސް މިވަގުތު ޕާޓީގެ ކަންކަން ދާގޮތެއް އެނގިވަޑައިނުގަންނަވާނެ.

ހީނާ ވަލީދު

ހީނާ މިހެން ވިދާޅުވެފައި ވާއިރު، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީގެ ޓިކެޓްގައި މަހިބަދޫ ދާއިރާއަށް ވާދަކުރާ އަހުމަދު ތާރިގް(ޓޮމް)އާއި އޭދަފުށީ ދާއިރާއަށް ވާދަކުރާ އަހުމަދު ސަމީމް (ރެޑް ވޭވް ސަލީމް) އާއި ދެބޭފުޅުން ޕީއެންސީގެ ނަމުގައި އެ ދެދާއިރާއަށް ވާދަކުރަނީ ޕީޕީއެމްގެ ޓިކެޓްގައި ވާދކުރަން ހުއްދަ ނުލިބިގެން ކަމުގައި ޔާމިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.