މެމްބަރު އަބްދުލް މުހުސިން-- ފޮޓޯ: މަޖިލިސް
ހަބަރު
01 Apr 2024 | 14:06
ފ އަތޮޅުގައި އެއާޕޯޓްއެއް އަޅާނަމަ ދައުލަތަށް އެންމެ ފައިދާވާނީ ނިލަންދޫގައި އެއާޕޯޓް އެޅުމުން: ޢަބްދުލްމުޙުސިން

ސަރުކާރުން ފ އަތޮޅުގައި އެއާޕޯޓްއެއް އަޅާނަމަ ދައުލަތަށް އެންމެ ފައިދާވާނީ ނިލަންދޫގައި އެއާޕޯޓް އެޅުމުން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުހުސިން ހަމީދު ވިދާޅުވެއްޖެއެވެ.

ޢަބްދުލް މުހުސިން މިފަދައިން ވިދާޅުވީ، ފ.މަގޫދޫ ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅަން ފެށި އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމުން މައްސަލަ މުރާޖައާ ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ހުށައެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ.

މިގޮތުން ޢަބްދުލް މުހުސިން ވިދާޅުވީ މަގޫދޫ އާއި ނިލަންދޫ އަޅާ ކިޔާކަމަށް ވާނަމަ، އާބާދީ އެންމެ ބޮޑީ ނިލަންދޫގައި ކަމަށާއި އެ ރަށުގައި ހިދުމަތްތައް ވެސް ގިނައިރު، ދައުލަތުން ދޭ ހިދުމަތްތައް އެރަށުން ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި  ދައުލަތަށް އެންމެ ފައިދާ ބޮޑުވާނީ ވެސް ނިލަންދޫގައި އެއާޕޯޓުގެ މަސައްކަތް ކުރުމުން ކަމަށް ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.

"މި ދެރަށް އަޅާ ކިޔާ ކަމަށްވާނަމަ، އެއާޕޯޓެއް އަޅާ ކަމަށްވާނަމަ ދައުލަތަށް އެންމެ ގެއްލުން ކުޑަވާނީ، ދައުލަތަށް އެންމެ ފައިދާ ބޮޑުވާނީ ވެސް ނިލަންދޫގައި އެ މަސައްކަތް ކުރުމުގެ ސަބަބުންނޭ. އެއީ މީހުންގެ އެތާނގައި އެންމެ ގިނައީ. 2،500 ގެ އާބާދީ އެބައޮތް އެތާނގައި. އެހެންވީމަ ދައުލަތުން އެދޭ ހިދުމަތްތަކެއް އެތަނުން ބޭރެއް ނުކުރެވޭނެ." 

ޢަބްދުލް މުހުސިން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަބްދުލް މުހުސިން ވިދާޅުވީ، މަގޫދޫގައި އެއާޕޯޓެއް އަޅައިފި ނަމަ ކުރިއަށް އޮތް ތަނުގައި ދައުލަތުން ކުރަންޖެހޭ ހަރަދު ދެގުނަ ބޮޑުވާނެ ކަމަށެވެ.

މި މައްސަލައިގެ ބަހުސް މިއަދު ކުރިއަށް ދިޔަ އިރު، ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ މަޖިލިހަށް ހުށައެޅުއްވި ހަލީމް ވިދާޅުވީ، އެ މަޝްރޫއަކީ އާންމު މަންފާއަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަޕޯޓް ޤާއިމުކުރުމުގެ ދަށުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެށުނު މަޝްރޫއެއް ކަމަށާއި އެ މަސައްކަތަކީ 231 މިލިޔަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫޢު ފެށިފައި ވަނީ ނަގުދު ފައިސާ ލިބިގެން ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައިވާ ކަން ވެސް ހަލީމް ފާހަގަކުރެއްވިއެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކެންސަލް ކުރީ ކްރޮސް ސަބްސިޑީގެ އުސޫލުން 22 މިލިއަން ޑޮލަރު އެއާޕޯޓަށް ހަމަޖެހިފައި އޮއްވައި ކަން ފާހަގަ ކުރައްވާ ހަލީމް ވިދާޅުވީ މރައީސް ޑރ.މުއިއްޒުގެ އެ ނިންމުމަކީ ގާނޫނުއަސާސީގެ ހުދޫދުން ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށެވެ. އަދި މިއީ ރައީސް ޑރ.މުއިއްޒު ގެ  ޒާތީ އަދި އަމިއްލަ މަސްލަހަތު އިސްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތައް ހުދޫދުން ބޭރުން ބޭނުންކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލައި، އެއާޕޯޓް މަސައްކަތްކުރާ މުވައްޒަފުން ގޭގައި މަޑުކުރަން އަންގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ދޮގު ކުރައްވާފައެވެ. މިނިސްޓަރުގެ އިތުރުން، މި މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ވެސް ވަނީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.