ގެއްލިގެން ހޯދަމުންދާ އައިޝަތު ޒީވާ- ފޮޓޯ/ ޕޮލިސް
ހަބަރު
02 Apr 2024 | 06:00
ހުޅުމާލެއިން 13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެއިން 13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ. 

ގެއްލިގެން ހޯދަމުންދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު، 13 އަހަރު (މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފޭސް 2، އެޗް 12) އެވެ.

ފުހުން ބުނެފައިވާ ގޮތުގައި ޒީވާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ކުރަމުންނެވެ.

އަދި ޢާއިޝަތު ޒީވާ ސަޢީދު އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެ ޕޮކެޓް ޖިންސެއްކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

ޢާއިޝަތު ޒީވާ ސަޢީދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް
އެގޮތުން ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ފާހަގަކުރެއްވި އެވެ.
03 Jul 2026
ވ. ތިނަދޫ ރައީސް ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި
އެލްޖީއޭ އިން ބުނީ ޝުޖާއު އަލީ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޖޫން 30 ވަނަ ދުވަހު ބޭއްވި ބޯޑް ބައްދަލްވުމުން ނިންމާފައިވާ ކަމަށެވެ.
03 Jul 2026
ވަޒީރު އެދިވަޑައިގަތީ ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ ގައުމީ މިޝަން ކާމިޔާބުކުރުމަށް
ވަޒީރު އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން ޚިދުމަތަށް ނިކުންނައިރު ކުރިމަތިލާންޖެހޭ ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.
03 Jul 2026
ރަޝިޔާގެ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން ތެޔޮ ގަންނަން ފަށައިފި
އިންޑިއާއަކީ ރަޝިޔާގެ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ޤައުމެވެ
03 Jul 2026
ސިވިލް ސާވިސް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭގޮތް ހަދައިފި
މިގޮތަށް ހުއްދަ ދެވޭނީ ސިއްޙީ ވުޒާރާގައި ނުވަތަ ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކުރުމަށްފަހު، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ އަށެވެ.
03 Jul 2026
ސިވިލް ސަރވިސް މުވައްޒަފުންނަށް 30 މިނިޓުގެ 'ބަފަރ ޓައިމް'
ދިވެހި ސިވިލް ސަރވިސްގެ ގެނައި އިޞްލާޙުގައިވާ ގޮތުން، ބަފަރ ޓައިމަކީ އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް މުވައްޒަފުންނަށް ލިބޭ ވަގުތެކެވެ.
03 Jul 2026
ކޮރަޕްޝަނުގެ ނުބައިކަން
ޚާއްޞަކޮށް ރިޝްވަތުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ދެވޭ އެއްޗެއް ކަމަށާއި، ރިޝްވަތުދޭ މީހާއާއި ހިފާ މީހާއަށް ރަސޫލާ ﷺ ލަޢުނަތްލެއްވި ކަމަށެވެ. އަދި ކިތަންމެ ކުޑަ މިންވަރަކަށް ޚިޔާނާތްތެރިވި ނަމަވެސް، ޤިޔާމަތް ދުވަހު އެ ޚިޔާނާތާއިގެން އެމީހަކު އަންނަން ޖެހޭނެކަން ޙަދީޘް ބަސްފުޅުތަކުން އެނގޭ ކަަމަށް ބުންޏެވެ.
03 Jul 2026
މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭގޮތުގައި، ހަވާ އެރުވުން އޮންނާނީ މިރޭ 22:00 ހާއިރު ހުޅުމާލޭގެ އިރުމަތީ ފަރާތުގައެވެ. މި ހަރަކާތް ގާތްގަނޑަކަށް 3 މިނެޓުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.