ރައީސް ޑރ.މުޙައްމަދު މުޢިއްޒު -- ފޮޓޯ: ވޮއިސް
ހަބަރު
03 Apr 2024 | 10:39
200 އަށްވުރެން ގިނަ ބިލު މެނިފެސްޓޯ ތަންފީޒު ކުރުމަށް ފާސްކުރަންޖެހޭ: ރައީސް މުޢިއްޒު

މި ސަރުކާރުން އެކުލަވާލާފައިވާ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ރައްޔިތުންގެ މަޖިލީހުން 200 އަށް ވުރެ ގިނަ ބިލު ފާސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ރައްޔިތުންނަާ ރޭގައި ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކޮށްގެން މެނުވީ ކަންކަމެއް ނުކުރެވޭނެ ކަމަށެވެ.

އަދި މިހާރު އެމަނިކުފާނުމެން ޢަމަލުކުރައްވަމުން އެ ގެންދަވާ ބަޖެޓު ފާސްކުރެއްވީ މި ސަރުކާރުގެ ފަރާތުން ނޫންކަަމަށްވެސް ވިދާޅުވިއެވެ.

މިހާރު މެޖޯރިޓީ އޮތް މަޖިލީހުން، އެމްޑީޕީގެ އޭރުގެ ސަރުކާރުގެ މިނިސްޓަރު ހުށަހަޅުއްވައިގެން، އަޅުގަނޑުމެންނަށް ދިން ފުރުސަތުގައި އަޅުގަނޑުވީ ވަޢުދުތައް ފުއްދުމަށްޓަކައި ހިމެނި މަޝްރޫޢުތައް އެބޭފުޅުން ބޭނުން ގޮތަކަށް ކޮށާ މަށާފައި، ނިންމި ގޮތަކަށް ނިންމާ ފާސްކުރި ބަޖެޓަކުން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ

ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެ މިސާލުން އެކަނިވެސް މަޖިލީހަކޫ ކިހާ ބާރުގަދަ ތަނެއްކަން އެނގިލައްވާނެ ކަމުގައެވެ. 

ތަރައްގީއެއް މަޖިލީހާ ނުލާ ނުގެނެސްދެވޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރު ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބުކުރަންވީ މިސަބަބުތަކަށްޓަކައި ކަމަށެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މެނިފެސްޓޯ ތަންފީޒުކުރެއްވުމަށް މިވަގުތުވެސް 200 އަށްވުރެން ގިނަ ގާނޫނު އިސްލާހުކުރަން ޖެހިފައިވާ ކަމުގައެވެ. އެގޮތުން،  ބިމާ ބެހޭ އާ ބިލަކާއި، ބޯހިޔާވަހިކަމާއި ބެހޭ ހާއްސަ ބިލެއްގެ އިތުރުން ރިއަލް އެސްޓޭޓާއި ބެހޭ ބިލަކާއި އަދިވެސް އިތުރު ބިލުތަކެއް މަޖިލީހަށް ހުށަހަޅާ ފާސްކޮށްގެން މެނުވީ މެނިފެސްޓޯގައި އެމަނިކުފާނު ވީ ވަޢުދުތައް ފުއްދުމަށް ދަތިފުޅުވާނެކަމަށްވިދާޅުވިއެވެ. 

ރައީސް މުޢިއްޒު ވަނީ އެކަންކަން ތަންފީޒުކުރުމަށް ސަރުކާރު ކެންޑިޑޭޓުން އިންތިހާބުކުރުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.