ރައްޔިތުންގެ މަޖިލިސް--- ފޮޓޯ: މަޖިލިސް
ހަބަރު
03 Apr 2024 | 14:26
ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުގެ ގޮނޑި ގެއްލެން ޖެހޭ ކަމަށް %73 މީހުން ގަބޫލުކުރޭ: ސާވޭ

ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރުގެ ގޮނޑި ގެއްލެން ޖެހޭ ކަމަށް %73 މީހުން ގަބޫލުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހެދި ސާވޭ އަކުން ދައްކައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024އާ ގުޅިގެން އާންމުންގެ ޚިޔާލު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ސާވޭ އެކެވެ.

އެގޮތުން ސާވޭގައި ބައިވެރިވި %47 މީހުން ވަކި ޕާޓިއެއްގެ ކެނޑިޑޭޓެއްގެ ގޮތުގައޮ ހޮވޭ މެމްބަރަކު އެހެން ޕާޓީ އަކަށް ބަދަލު ވެއްޖެ ނަމަ ގޮނޑި ގެއްލެން ޖެހޭ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރާއިރު، %26 މީހުން ވަނީ މި ފަދައިން ގޮނޑި ގެއްލެން ޖެހޭ ކަމަށް ގަބޫލު ކޮށްފައެވެ. މެދުމިނުގައި %11 މީހުން ހުރި އިރު، %16 މީހުން ވަނީ މިފަދައިން ވާން ޖެހޭ ކަމަށް ގަބޫލު ނުކުރާކަމަށް ބުނެފައެވެ.

މީގެ އިތުރުންވެސް، މި ސާވޭގެ ބައިވެރިންގެ ތެރެއިން %68 މީހުން މަޖިލިސް މެމްބަރުންގެ އަދަދު މަދު ކުރަން ޖެހޭ ކަމަށް ބުނެފައިވާއިރު، %63 މީހުން ބުނެފައިވަނީ މަޖިލީހުގައި އަންހެން މެމްބަރުން މަދު ކަމަށެވެ.

ހަމަ އެއާއި އެކު މި ސާވޭގައި ވޯޓަށް ނުފޫޒު ފޯރުވުމުގައި އެންމެ ބޮޑު "އަންޑިއު އިންފްލުއެންސް" އަށް ވެސް ވަނީ އަލިއަޅުވާލާފައެވެ. މިކަމާއި ގުޅިގެން ބައެއް މީހުން ބުނީ:

1) މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުން - %50

2) އިންތިހާބާއި ކައިރިވެފައިވަނިކޮށް ސަރުކާރުގެ ޕްރޮޖެކްޓްތައް އިއުލާންކުރުން - %27

3) ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ދައުލަތުގެ މުދަލާއި ތަކެތި ބޭނުންކުރުން - %14

4) ރަސްމީ ދަތުރުތަކުގައި ކެމްޕޭން ގެ މަސައްކަތްކުރުން - %9

އެޗްއާރުސީއެމުން މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ މާޗު އެއްވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. މި ސާވޭގައި ޖުމްލަ 1،174 މީހުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.