ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައި-- ފޮޓޯ: ޕްލަސް 972 މެގަޒިން
ދުނިޔެ
04 Apr 2024 | 10:12
ޔަހޫދީން ޣައްޒާއަށް ހަމަލާދޭން އޭއައި ބޭނުންކުރަނީ!

ނިރުބަވެރި ޔަހޫދީން ޣައްޒާއަށް ހަމަލާދިނުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތެއް ކަމަށްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޔަހޫދީން ޣައްޒާއަށް ދޭ ހަމަލާތައް ސީދާ އަމާޒަށް ވާސިލްކުރުމަށް ބޭނުންކުރާ މި އޭއައި ޑިވައިސް އަށް ކިޔަނީ "ލެވެންޑަރ" ކަމަށާއި މި ޑިވައިސް ބޭނުންކޮށްގެން ދޭ ހަމަލާތައް އޭގެ އަމާޒަށް ވާސިލުވާނެ ކަމުގެ %90 ޔަގީންކަން އޮތް ކަމަށް ވެސް މި ކަމުގެ އިންވެސްޓިގޭޝަން ހާމަކުރި ޕްލަސް 972 މެގަޒިން އިން ބުނެއެވެ.

މި ޑިވައިސް އިން ހަމަލާ އަމާޒުކުރާ ކޮންމެ ޓާގެޓަކަށް ބޮން އެޅުމަށް ހޭދަ ކުރާނީ 20 ސިކުންތު ކަމަށްވާއިރު، މިއީ ހަމާސް ނައްތާލުމަށް ހާއްސަކޮށް ހަދާފައިވާ އެއްޗަކަށް ވާތީ މީގެން ހަމަލާދެނީ ފިރިހެނުން ފާހަގަކުރުމަށްފަހުގައި ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

މި އިންވެސްޓިގޭޝަން ހާމަކޮށްފައި މިވަނީ ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގައި އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރި އެތައް ބަޔަކަށް ހަމަލާދިނުމާއި ގުޅިގެން، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް އިނގިރޭސިވިލާތަށް އެތައް ބަޔަކު ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ޔަހޫދީން ރޭގަނޑުގެ ވަގުތު ޣައްޒާއަށް ދޭ ހަމަލާތައް އިތުރުކުރަމުން އަންނައިރު، މިގޮތުން ރޭގަނޑު ހަމަލާދޭއިރު، ހަމަލާދެނީ އާއިލާތައް ގޭގައި ތިބޭ ވަގުތުގައިއެވެ. މިދިޔަ އޮކްޓޫބަރު މަހު ޣައްޒާއަށް ޔަހޫދީން ހަމަލާދޭން ފެށިފަހުން މިހާތަނަށް ބަރުދަނުގައި 2000 ޕައުންޑް ހުރި ސަތޭކަ އަށް ވުރެ ގިނަ ބޮން ވައްޓާލާފައިވާއިރު، މިއީ ޣައްޒާ ފަދަ އާބާދީ ބޮޑު ތަނެއްގައި މީހުން އަލުން އާބާދުވުމަށް އެތައް ގަރުނެއް ނަގާނެފަދަ އަނިޔާވެރި އަމަލެކެވެ.

ޔަހޫދީން ޣައްޒާ އާއި މެދު ހިންގަމުން އަންނަ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހަތަރުބައި ކުޅަ ތިންބައި މީހުން އަންނަނީ ބަނޑުހައިހޫނު ކަމުގެ ވޭން ތަހައްމަލު ކުރަމުންނެވެ. އަދި ނިރުބަވެރި ޔަހޫދީ ސިފައިން ކެނޑިނޭޅި ޣައްޒާއަށް ދެމުންއަންނަ ހަމަލާތަކުގައި މިހާތަނަށް 32,916 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ