ވޯލްޑް ސެންޓްރަލް ކިޗަން ގެ މަސައްކަތްތެރިންނަށް އަމާޒުކޮށް ޔަހޫދީން ދިން ހަމަލާއެއް-- ފޮޓޯ: ރޮއިޓާސް
ހަބަރު
04 Apr 2024 | 10:41
ޣައްޒާގައި އެހީތެރިންތަކަކަށް އަމާޒުކޮށް ޔަހޫދީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޣައްޒާގައި ހަރަކާތްތެރިވަމުންދިޔަ އެހީތެރިންތަކަކަށް އަމާޒުކޮށް ޔަހޫދީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޣައްޒާގައި ހުންނަ "ވޯލްޑް ސެންޓްރަލް ކިޗަން" ގައި މަސައްކަތްކުރާ އެހީތެރިންތަކަކަށް އަމާޒުކޮށް ދިން މިހަމަލާގައި 7 މީހުން ޝަހީދުކޮށްލާފައިވާއިރު، މިކަމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނުގައި ވަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން މިފަދަ ޙަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ޚިލާފުކަމެއްކަން ފާހަގަކޮށް މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޣައްޒާގައި މިފަދައިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް ރައްކާތެރިކަމާއި ސަލަމާތްތެރިކަން ޔަގީންވާން ޖެހޭކަން ފާހަގަކޮށް، އެ ވުޒާރާއިން ނެރުނު ބަޔާނުގައި ޔަހޫދީން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންދާތީ އެކަން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ދިވެހި ސަރުކާރުން ވަނީ މި ހަމަލާގައި މަރުވި މީހުންގެ ޢާއިލާތަކުގެ މެންބަރުންނަށާއި "ވޯލްޑް ސެންޓްރަލް ކިޗަން" އަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

ވޯލްޑް ސެންޓްރަލް ކިޗަން އަކީ ދާދި ފަހުން ސައިޕްރަސް އިން ޣައްޒާއަށް ކަނޑުމަގުން ފޯރުކޮށްދިން އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ޖަމިއްޔާއެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ޔަހޫދީން ޣައްޒާގައި މަސައްކަތްކުރާ އެހީތެރިންނަށް އަމާޒުކޮށް ހަމަލާތައް ދެމުންއަންނައިރު، މިދިޔަ މަހު އދ އިން ޣައްޒާއަށް ކާބޯތަކެއްޗާއި އެނޫންވެސް އެހީގެ ތަކެތި ފޯރުކޮށްދޭ މަރުކަޒަކަށް ވެސް ހަމަލާދީ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.