119 ކިލޯގެ މަސްތުވާ ތަކެތީގެ މައްސަލައިގައި ފުލުހުން އާންމު ކުރި ސީސީޓީވީ ފުޓޭޖް ގެ މަންޒަރެއް--
ހަބަރު
04 Apr 2024 | 13:58
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަފްސީލު ސީސީޓީވީ ފުޓޭޖްތަކާއި އެކު ފުލުހުން ހާމަކޮށްފި

މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގެ ތެރެއިން 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވުނު ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް، މި މައްސަލަ އާއި ގުޅުން ހުރި ތަފްސީލުތައް ސީސީޓީވީ ފޫޓޭޖް ތަކާއި އެކު ފުލުހުން ހާމަކޮށްފިއެވެ.

މިދިޔަ އަހަރު ޑިސެމްބަރު 12 ގައި މާލޭގެ މަގުމަތިން ޓެކްސީއެއް ހުއްޓުވައި، ޓެކްސީންނާއި އިތުރު ކާރަކާއި ސައިކަލެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް 119 ކިލޯގެ ޑްރަގުގެ މައްސަލައިގައި ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ ގދ. ހޯނޑެއްދޫ ތިން މީހުން ކަމަށްވާ އަލީ ޒުބައިރާއި އަހުމަދު ސުނައިނާއި އަހުމަދު މުޖާހިދުގެ މައްޗަށެވެ.

މި މައްސަލައިގެ ތަފްސީލުތައް ފުލުހުން ހާމަކޮށްފައިމިވަނީ 119 ކިލޯގެ މަސްތުވާ ތަކެތީގެ މައްސަލައިގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވީޑީއޯ ޕްރެޒެންޓޭޝަނެއްގައެވެ.

މިގޮތުން މި ރިޕޯޓުގައި މަސްތުވާތަކެތި އުފުލަން ފިހާރައިން ފޮއްޓާއި ދަބަސް ގަންނަން ދިޔަ މަންޒަރުތަކާ އެކު ފޮށިތައް ގެއިން ނެރެގެން, ފަޅުގައި އޮތް ލޯންޗަށް އަރުވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ވަނީ ދައްކާލާފައެވެ. 

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް, މާލެ ދެކުނު ފަރާތު ބަނދަރު ސަރަހައްދުން ދެމީހަކު ޓެކްސީއަކަށް މަސްތުވާ ތަކެތި އަރުވައިގެންދާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން މި ޓެކްސީ ހުއްޓުވައި، ބަލާ ފާސްކުރި އިރު ޓެކްސީ ތެރެއިން އަހްމަދު ސުނައިނު އާއި އަލީ ޒުބައިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. ހަމަ އެއާއި އެކު ޓެކްސީގެ ފަހަތު ޑިކީން ފޮއްޓަކާއި ދަބަހެއް ފުލުހުން ނަގާ ބެލި އިރު، ފޮށިން 2،819.8 ގްރާމް ޑަޔަމޯފިން ހުރި 24 ރަބަރު ޕެކެޓް ފެނިފައިވާއިރު، ދަބަހުން ވެސް ޑަޔަމޯފިން ވަނީ ފެނިފައެވެ. ދަބަހުން ފެނުނީ ބަރުދަނުގައި 3،877.2 ގްރާމް ހުރި ތިން ޑަޔަމޯފިން ޕެކެޓް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ހަމައެއާއިއެކު، މި މައްސަލައިގައި ތުހުމަތު ކުރެވޭ އަލީ ޒުބައިރު އާއި މުހައްމަދު އަކްރަމް އަބްދުލް ހަންނާން އާއި ދެމީހުން ދުއްވި ސައިކަލުގެ މަޑިދަށުގައި އޮތް ދަބަހަކުން ވެސް ފުލުހުން ވަނީ ބަރުދަނުގައި 3،877.2 ގްރާމް ޑަޔަމޯފިން ހުރި ހަތަރު ރަބަރު ޕެކެޓް ހޯދާފައެވެ.

މީގެ އިތުރުންވެސް މި މައްސަލައިގައި ބަލާ ފާސްކުރި އިތުރު ކާރަކުން ފުލުހުން ވަނީ 45،754.4 ގްރާމް ޑަޔަމޯފިން ހުރި 46 ރަބަރު ޕެކެޓު އަޅާފައިހުރި ފުޅި މަދު ތިން ފޮށިގަނޑަކާއި ބަރުދަނުގައި 39،781 ގްރާމް ހުރި ޑަޔަމޯފިން އަލާފައިވާ 40 ރަބަރު ލާފައިވާ ދެ ދަބަސް ހޯދާފައެވެ. ފުލުހުން ބުނީ މިކާރު އެރޭ ދުއްވާފައިވަނީ އަހުމަދު މުޖާހިދު ކަމަށެވެ.

ފުލުހުން ބުނީ މި ތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ މުހައްމަދު އަކްރަމް އަބްދުލް ހަންނާން ގަނެފައިވާ "ބަންގާ" ނަމަކަށް ކިޔާ ލޯންޗުން ކަމަށެވެ.

މި މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުމުގެ ކުރިން، މައްސަލައިގައި ތުހުމަތު ކުރެވޭ މުހައްމަދު އަކްރަމް އަބްދުލް ހަންނާން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާއިރު،އަދިވެސް އެނބުރި ރާއްޖެ ނާންނަ ކަމަށާއި، އޭނާގެ ހަބަރެއް ނުވާކަމަށް އާއިލާ މީހުން ވަނީ ފުލުހުންގެ ތަހުގީގުގައި ބުނެފައެވެ.

119 މަސްތުވާތަކެތީގެ މައްސަލައިގައި މިދިޔަ މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކުށް ސާބިތުވަނީ ހަމައެކަނި އަލީ ޒުބައިރުގެ މައްޗަށް ކަމަށެވެ. މި ހުކުމްގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާވަރަށް އެކަށިގެންވާ ހެކި ހުރިކަމަށް ބުނެ، އޭނާ އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައެވެ. އަލީ ޒުބައިރުގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޝަރީއަތް ނިމެންދެން ދެ އަހަރާއި ތިން މަހާއި އަށް ދުވަސް އެ މުއްދަތުން އުނި ކުރުމަށްފަހުއެވެ.

މި މައްސަލައިގައި ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ސުނައިނު އާއި މުޖާހިދު، އަލީ ޒުބައިރު އާއި ވާހަކަ ދެއްކިކަން ސާބިތުކޮށްދީފައިނުވާ ކަމަށާއި ސުނައިނު އާއި މުޖާހިދުއާ ދެކޮޅަށް ޝަރީއަތަށް ސާބިތުވާ ވަރަށް އެކަށިގެންވާ ހެއްކެއް ހުށަހަޅާފައިނުވާކަން ހުކުމުގައި ބުނެފައިވެއެވެ.

މި ތިން މީހުންނާއި ދެކޮޅަށް ދައުލަތުން 56 ހެއްކެއް ހުށައަޅާފައިވާއިރު، ސުނައިހު އާ މުޖާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަނީ އެ ދެމީހުންކަން ސާފުނުވާތީ ކަމަށާއި ކޯލް ރެކޯޑިން އާއި ސެލް ލޮކޭޝަން އެނގޭނެ ލިޔުމާއި ނަންބަރުތަކުގެ ވެރިފަރާތްތައް އެނގޭނެ ލިޔުންތައް ކޯޓަށް ހުށަހަޅާފައިނުވާކަން ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ވެސް، މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ޕެކެޓުން ފެނުނީ ހަމަ އެކަނި ޒުބައިރުގެ އިނގިލީގެ ނިޝާން ކަމަށްވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ މި ހުކުމާއި ގުޅިގެން މިފަދަ ކޭސްތައް ރިވިއު ކޮށް، ރައްޔިތުންނަށް ތަފްސީލު ހާމަކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ދަންނަވާފައިވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓް
ރަށު މުދިމު
އެންމެ ޕަޓާހެއްވެސް ގައުމުކައް އެތެރެ ނުކުރެވޭ އެކަމް ޑުރަގާ ބަންގާޅު ކަރައިގެ މީހުން ހެސްކިޔާފަ ވަނީ ގިނަ. ޥިސްނާ ބަޔަކައް މިކަންކަން ވިސްނޭނީ. ދައްކުވާނެ ތަނެއް ދައްކުވާފަ ގެންދަވާނީ.
05 Apr 2024
ފާތުން
ޕޮލިސް- މިހާ ތަފުސީލު މަރުގެ މައްސަލައިގައި ހާމަ ނުކުރެވެންވީ ކީއްވެ؟
05 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.