އެސްއެމްއީ ބޭންކްގެ ޚިދުމަތްތައް މާދަމާ ފަށަނީ

17 Mar 2019 | 12:43

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ އެސްއެމްއީ ބޭންކްގެ ހިދުމަތްތައް މާދަމާ ފެށުމަށް ހަަމަޖެހިއްޖެއެވެ.

މާދަމާ 9:30 ގައި އާޓް ގެލަރީގައިި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެސްއެމްއީ ބޭންކް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އެސްއެމްއީ ބޭންކްގެ ހިދުމަތްތަައް ދޭނީ ހ. ސަކީނާމަންޒިލްގެ 3 ވަނަ ފަންގިފިލާއިން ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ހިންގާ މި ބޭންކަކީ އިގްތިސޯދު ކުރިއެރުވުމަށް ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ފަސޭހަކަމާއިއެކު ލޯން ލިބުމަށް މަގުފަހިވެގެންދާނެ ބޭންކެއްކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އަދި މި ބޭންކް މެދުވެރިކޮށް މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެ އޮތޯރިޓީން ދެކޭ ކަމަށްވަނީ ބުނެފައެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ކޮންމެ ސިޓީ ކައުންސިލަކަށް %5 ހިއްސާ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement