ޣައްޒާގެ ގިނަ ބަޔަކު ދަނީ ބަނޑުހައިހޫނު ކަމުގެ ވޭން ތަހައްމަލު ކުރަމުން-- ފޮޓޯ: ޑީޑަބްލިއު
ދުނިޔެ
06 Apr 2024 | 09:26
ބައިޑަންގެ އިންޒާރަށް ފަހު، ޣައްޒާއަށް އެހީ ފޯރު ކޮށްދޭ މަގުތައް ޔަހޫދީން ހުޅުވާލަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިންޒާރަށް ފަހު، ޣައްޒާއަށް އެހީ ފޯރު ކޮށްދޭ އެއްގަމު ބައެއް މަގުތައް ވަގުތީ ގޮތުން ހުޅުވާލަން  ޔަހޫދީން ނިންމައިފިއެވެ.

އިސްރާއީލުން މި ފިޔަވަޅު ނަގާފައިވަނީ ދާދި ފަހުން ވޯލްޑް ސެންޓްރަލް ކިޗަން ގެ މަސައްކަތްތެރިން ތަކެއް ޣައްޒާގައި އެހީ ފޯރުކޮށްދިނުމުގެ މަަސައްކަތް ކުރަމުން ދަނިކޮށް، ޔަހޫދީން ދިން ހަމަލާއެއްގައި، އޭގެ ތެރެއިން އެތައް ބަޔަކު މަރުވުމާއި ގުޅިގެން ބައިޑަން އާއި އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދެމެދު ދިޔަ "ހޫނު" ފޯން ކޯލަކަށް ފަހުއެވެ.

މި ފޯން ކޯލުގައި ބައިޑަން ވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅައިފިނަމަ އެމެރިކާ އާއި އިސްރާއީލާއި ދެމެދުގައި އޮންނަ ސިޔާސީ އަދި އަސްކަރީ އެހީތެރިކަމަށް ބޮޑެތި ބަދަލު ތަކެއް ގެންނާނެ ކަމަށް ބުނެފައެވެ.

މިއާއި އެކު ނަތަންޔާހޫ ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ވަގުތީ ގޮތުން އަސްދޫދް ބަނދަރާއި އަރީޒް ބޯޑަރުން އެހީ ވައްދަން ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ. މިއީ ޔަހޫދީން ޣައްޒާއަށް ހަމަލާ ދޭން ފެށިފަހުން މި ތަންތަން ހުޅުވާލާ ފުރަތަމަ ފަހަރެވެ.

މި ދެ މަގުގެ އިތުރުން ކަރެމް އަބޫ ސަލީމް ގެ ބޯޑަރުން ދަތުރުކުރާ އުރުދުންގެ އެހީގެ އަދަދު ވެސް އިތުރުކުރާނެ ކަމަށް ޔަހޫދީން  ވަނީ އިއުލާން ކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ލާއިންސާނީ ހަމަލާ ތަކުގެ ސަބަބުން ޣައްޒާގެ 80 އިންސައްތަ މީހުން ވަނީ ބަނޑުހައިހޫނު ކަމުގެ ވޭނާއި ކުރިމަތިލާން ޖެހިފައެވެ. ޣައްޒާއަށް އެހީ އެތެރެކުރުމަށް ދަތިކޮށްފައިވާއިރު، އެހީ ބަހާ ތަންތަނަށް އާންމުން އެއްވުމުން އިސްރާއީލުގެ އަނިޔާވެރި ސިފައިން ދަނީ އެމީހުންނަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. އޭގެ ތެރޭގައި އެހީ ފޯރުކޮށްދޭން މަސައްކަތް ކުރާ އެހީތެރިން ވެސް ހިމެނެއެވެ.

އެގޮތުން ވޯލްޑް ސެންޓްރަލް ކިޗަން އަށް ދިން ހަމަލާގެ އިތުރުން މިދިޔަ މަހު އދ އިން ޣައްޒާއަށް ކާބޯތަކެއްޗާއި އެނޫންވެސް އެހީގެ ތަކެތި ފޯރުކޮށްދޭ މަރުކަޒަކަށް ވެސް ޔަހޫދީން ހަމަލާދީ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

މި ހަމަލާތަކާއި ގުޅިގެން، ނިރުބަވެރި އިސްރާއީލަށް ހަތިޔާރު ފޯކޮށްދިނުން އިނގިރޭސި ވިލާތުން ހުއްޓާލުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ