ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު --- ފޮޓޯ: އެކްސް
ހަބަރު
06 Apr 2024 | 15:35
އަސާސީ މުދާ އެތެރެކުރަން އިންޑިއާއިން ކޯޓާ އިތުރުކޮށްދީފި

މި އަހަރާއި އަންނަ އަހަރަށް ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އިތުރުކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއަ ހައިކޮމިޝަނުން ބުނެފައިވަނީ، މިއީ ރާއްޖެޢ އިންޑިއާއާ ދެމެދު 1981ގައި ހަދާފައިވާ 'އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން'ގެ ދަށުން މިހާތަނަށް ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރުކަމަށެވެ. އެގޮތުން ޚާއްޞަ އަގުތަކެއްގައި ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ލިބޭނެކަމަށްވެސް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

އަސާސީ މުދަލުގެ ގޮތުގައި އިންޑިޔާއިން ޢާންމުގޮތެއްގައި ރާއްޖެއަށް އެތެރެކުރަނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް އަދި މުގެވެ. މި ބާވަތްތަކުގެ ކޯޓާއަށްވަނީ 5 އިންސައްތަ އިތުރުކޮށްދީފައެވެ. މީގ އިތުރުން ހިލައާއި ހިލަވެލީގެ ކޯޓާއަށް ވަނީ 25 އިންސައްތަ އިތުރުކޮށްދީފައެވެ.

އިންޑިޔާއިން ކޯޓާ އިތުރުކޮށްދީފައިވާ ގޮތުގެ ތަފްޞީލް

■ ބިސް: 428 މިލިއަން

■ އަލުވި: 21،000 މެޓްރިކް ޓަނު

■ ފިޔާ: 36،000 މެޓްރިކް ޓަނު

■ ހަނޑޫ: 124،000 މެޓްރިކް ޓަނު

■ ފުށް: 109،000 މެޓްރިކް ޓަނު

■ ހަކުރު: 64،000 މެޓްރިކް ޓަނު

■ މުގު: 224 މެޓްރިކް ޓަނު

■ ހިލަ: އެއް މިލިއަން މެޓްރިކް ޓަނު

■ ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ޝުކުރުގެ މެސެޖެއް ޕޯސްޓް ކުރައްވާފަ އެވެ.

މިނިސްޓަރު ޒަމީރުގެ އެ ޕޯސްޓާ ގުޅުވާލައްވައި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މަރުހަބާ ވިދާޅުވުމާއެކު އަބަދު ވެސް "ނޭބަހުޑް ފަސްޓް" ޕޮލިސީގެ ދަށުން އިންޑިއާ އަވައްޓެރިންނާއެކު ދެމި އޮންނާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
ވައިރަސް
ތިޔަށް ކިޔަނީ އުބައް ޖެހުން. ތުރިކީ އިން އައިސް މޮޅުވާހަކަތަކެއް ދައްކާފަ މިހާރު އަނެއްކާވެސް އިންޑިޔާގެ ފައިބުޑަށް ވެއްޓުނީދޯ.
06 Apr 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.