ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން
ހަބަރު
07 Apr 2024 | 10:13
ވީއައިއޭއިން މަސްތުވާތަކެތި ބޭރުކުރަން އުޅުނު މައްސަލައެއްގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހައްޔަރުކޮށް، އެކަކު ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ބޭރުކުރަން އުޅުނު މައްސަލައިގައި، އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީޑިޔާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ވިދާޅުވީ، މާޗު މަހުގެ 15 ވަނަ ދުވަހު، މަސްތުވާތަކެތި ހުރި ލަގެޖެއް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން، އުސޫލުން ބޭރުން ބޭރުކުރަން އުޅުނު މައްސަލައިގައި، ޕާކިސްތާނު މީހަކާއި، ލަގެޖާ ހަވާލުވާން ދިޔަ މީހާގެ އިތުރުން އެމްއޭސީއެލްގެ ދެ މުވައްޒަފުން ހައްޔަރު ކުރި ކަމަށެވެ.

ނަމަވެސް ހައްޔަރު ކުރި މީހުންގެ ތެރެއއިން، އެންމެ އިސްމީހާ ކަމަށް ބެލެވޭ އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ވަނީ ދޫކޮށްލާފައެވެ. ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، އެމްއޭސީއެލް މުވައްޒަފެއް ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިޔުމުން، ކޮންމެވެސް ވަރަކަށް ހެކި ހުރި ނަމަވެސް ޝަރުތުކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މާޗު މަހުގެ 15 ވަނަ ދުވަހު އަތުލައިގަންފައިވާ ލަގެޖުން ހިރޮއިން އަދި މެތު ވެސް ފެނިފައިވާއިރު، މިތަކެތީގައި ޖުމުލަ 4.5 ކިލޯއަށްވުރެ ގިނައިން ހުއްޓެވެ. ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލައަކީ ޖިނާއީ ބޮޑު ތަޙްޤީގެއް ކުރަމުންދާ، ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލައެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ