ޔަހޫދީންގެ ހަމަލާތަކަށް ފަހު ޚާން ޔޫނިސް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
07 Apr 2024 | 22:05
ހަ މަސްދުވަހަށްފަހު ޔަހޫދީން ޚާން ޔޫނިސް އިން ފޭބީ މުޅި ސަރަހައްދު ސުންނާފަތިކޮށްލާފައި!

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ކެނޑިނޭޅި ހަމަލާތައް ދިނުމަށްފަހު، ޣައްޒާގެ ގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް އިން ފައިބަން ފަށައިފިއެވެ.

ސީއެންއެން އިން ރިޕޯޓް ކުރާ ގޮތުގައި، މިހާތަނަށް ޔަހޫދީ ސިފައިން ގެ ގިނަ ބަޔަކު އެއްފަހަރާ ފައިބާތަން ނުފެނުނު ނަމަވެސް، އެމީހުން ޣައްޒާގެ އާއްމުންނަށާއި ޚާން ޔޫނިސް އަށް ހަމަލާދީ ސުންނާފަތި ކުރުމަށް ބޭނުންކުރި އާދަޔާ ޚިލާފަށް ގިނަ އަދަދުތަކެއްގެ ޓޭންކަރުތަކެއް އެ ސަރަހައްދުން ބޭރުކޮށް، ޣައްޒާ އާއި އިސްރާއީލު ބައްދަލުވާ ބޯޑަރުގައި ވަނީ ބަހައްޓާފައެވެ.

ޔަހޫދީ ސިފައިންގެ އެތައްހާސް ފައުޖުތައް ޚާން ޔޫނިސް އިން ފައިބަން ފަށައިފައިވާ ކަމަށް ރިޕޯޓް ކުރި ނަމަވެސް، އެ ސަރަހައްދުން ފައިބައިފައިވާ ސީދާ އަދަދެއް އަދި ސާފު ވެފައެއް ނުވެއެވެ. އެހެންނަމަވެސް ގިނަ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މިއީ ޔަހޫދީ ސިފައިން "ވަރުބަލިވެފައިވާތީ" އެމީހުން އެނބުރި ގައުމަށް ދިޔުމެކެވެ. މިކަމާއި ގުޅިގެން އެ ސަރަހައްދުގެ ހަނގުރާމަ ހުއްޓާލީތޯ ނޫސްތަކުން ސުވާލު ކުރުމުން ވެސް އިސްރާއީލުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މިވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ ޔަހޫދީ ސިފައިންގެ އެންމެ ފައުޖެއް ކަމަށާއި، އެމީހުން އެތަނުގައި ހަރަކާތްތެރި ވަނީ ޣައްޒާގައި އުތުރާއި ދެކުނު ވަކިކުރުމަށް ޔަހޫދީން ހެދި މަގެއް ބެލެހެއްޓުމަށް ކަަމަށް ބޭރު ދުނިޔޭގެ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ނިރުބަވެރި ޔަހޫދީން ޣައްޒާއަށް ހަމަލާދޭން ފެށިއިރުވެސް އެމީހުން ބުނަމުން އަންނަނީ ޚާން ޔޫނިސް އަކީ ރައްކާތެރި ތަނެއް ކަމުގައިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު މިމީހުން ވަނީ ޚާން ޔޫނިސްގައި ތިބި އާއްމުން އެ ސަހަރަހައްދު ދޫކޮށް ދިޔުމަށް އަންގައި، ވައިގެ މަގުން ލީފްލެޓްތަކެއް ވަރާލާފައެވެ.

އޭގެ ފަހުން އިސްރާއީލުގެ ސިފައިން ވަނީ އެ ސަރަހައްދުގައި އިންތިހާއަށް ހަމަނުޖެހުންތައް ހިންގައި، މުޅި ސަރަހައްދު ސުންނާފަތިކޮށްލާފައެވެ. ޔަހޫދީން މި ލާއިންސާނީ ހަމަލާތައް ދީފައިވާ ސަރަހައްދަކީ ހަމާސް ޖަމާއަތުގެ ލީޑަރެއް ކަމަށްވާ ޔަޙްޔާ ސިންވަރު އުފަން ސަރަހައްދެވެ.

ޔަހޫދީން ކެނޑިނޭޅި ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ބަނޑުހައިހޫނުކަމހުގެ ވޭން އުފުލަމުންދާއިރު، ސިއްހީގޮތުން ދޭން ޖެހޭ ފަރުވާތައް ފޯރުކޮށްދިނުންވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިގޮތުން ޣައްޒާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި ހަވާލާދީ އަލް ޖަޒީރާ ނޫހުން ރިޕޯޓް ކުރާ ގޮތުގައި، އެމީހުން އެތަނުގައި ކުރަންޖެހޭ އޮޕަރޭޝަން ތައް ހޭނުނައްތާ ކުރާއިރު، އޮޕަރޭޝަނަށް ބޭނުންކުރާ އާލާތްތައް އެއްފަހަރަށް ވުރެ ގިނައިން ބޭނުން ކުރަން ޖެހުމުގެ ސަބަބުން އެތަކެތި ކޮށިވެ އޮޕަރޭޝަން ކުރުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ހަމައެއާއި އެކު، ޣައްޒާގެ ރައްޔިތުންގެ ހަށިގަނޑަށް ކޮންމެހެން ވެސް މުހިންމު މާއްދާތައް ހިމެނޭ ކާނާ ނުލިބުމާއި އެކަށީގެންވާ ވަރަށް ކާނާ ނުލިބުމުގެ ސަބަބުން، ލިބޭ އަނިޔާތަކާއި ޒަހަމްތައް ފަސޭހަވުމަށް ވެސް ދުވަސް ނަގާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހި ކުރުމަށް މުޅި ދުނިޔެއިން ވެސް ގޮވާލަމުންދާއިރު، ދާދި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް އެހީ ފޯރު ކޮށްދޭ އެއްގަމު ބައެއް މަގުތައް ވަގުތީ ގޮތުން ހުޅުވާލަން ނިންމާފައެވެ. މި ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލާ ގަރާރެއް އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުން ފާސްކުރި ނަމަވެސް ޔަހޫދީން ދެމުންގެންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލާނެ ކަމުގެ އެއްވެސް އަލި މަގެއް މިހާތަނަށް ލިބިފަނުވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ