އައިއޭސީ އިން ޑރ.ކުރްދީ އާއި ފައިސާ ހަވާލު ކުރަނީ-- ފޮޓޯ: އައިއޭސީ
ހަބަރު
08 Apr 2024 | 11:02
ފަލަސްތީން ޕްރޮފެސަރ ޑރ.ކުރްދީގެ އާއިލާ ޣައްޒާއިން ނެރުމަށް އައިއޭސީން ފައިސާގެ އެހީ ދީފި

ރާއްޖޭގެ  އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގައި މަސައްކަތް ކުރައްވާ ފަލަސްތީނުގެ ޕްރޮފެސަރ ޑރ.ކުރްދީގެ އާއިލާ ޣައްޒާއިން ނެރުމަށްޓަކައި ބޭނުންވާ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފޯރުކޮށްދީފިއެވެ.

އައިއޭސީން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ،  ޑރ.ކުރްދީގެ އާއިލާ ޣައްޒާއިން މިސްރަށް ނެރުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ އާއިލާ ޣައްޒާއިން ނެރުމަށްޓަކައި ދައްކަންޖެހޭ ފައިސާ ޑރ.ކުރްދީ އާއި ހަވާލު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް، އައިއޭސީން ބުނީ ޑރ.ކުރްދީގެ އާއިލާ މިސްރަށް އައުމުން، އެ އާއިލާ ދިވެހިރާއްޖެ ގެނައުމަށް ކުރަންޖެހޭ ހަރަދުތަށްވެސް ކުރުމަށް ހަމަޖެހިފައިވަނީ އައިއޭސީން ކަމަށެވެ.

ޑރ.ކުރްދީގެ އާއިލާ ޣައްޒާގައި ދިރިއުޅެމުން އައި ގެޔަށް ޔަހޫދީން ބޮން އަޅައި ސުންނާފަތި ކޮށްލުމުގެ ސަބަބުން، އެއާއިލާ ދިރިއުޅެމުން އަންނަނީ ރަފަހްގައި ހުރި ކޭމްޕެއްގައެވެ.

ޑރ. ކުރްދީގެ ދަރިފުޅު ގޯފަންޑުގައި ބުނީ، މިސްރުގެ ޓްރެވަލް އެޖެންސީއެއް މެދުވެރިކޮށް، ރަފަހްއިން މިސްރަށް މީހުން އެތެރެކުރަނީ 10،000 ޑޮލަރު މީހަކަށް ދައްކައިގެން ކަމަށާއި، އެ އާއިލާގައި ހިމެނޭ އޭނާގެ މަންމަ އާއި ކޮއްކޮމެންނާ އެކު މިސްރަށް އެތެރެވުމަށް 54،000 ޑޮލަރު ބޭނުންވާއިރު އެމީހުނަށް އެއްކުރެވިފައިވަނީ 517 ޑޮލަރު ކަމަށެވެ.

ޑރ.ކުރްދީގެ އާއިލާގެ އިތުރުން، ޖެނުއަރީ މަހުގެ ތެރޭގައި އައިއޭސީގެ ހަރަދުގައި ދިވެއްސަކަށް ނިސްބަތްވާ އާއިލާއެއްގެ ހަތް މެމްބަރުންވެސް ވަނީ މިސްރަށް ގެންގޮސްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.