މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް- ފޮޓޯ/ ޕީއެންސީ
ހަބަރު
08 Apr 2024 | 14:15
ކުރީ ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް ޖަމީލް، ޔާމީންގެ ވަކީލަކަށް ހުންނަވައިގެން ދެއްވައިފި: ޝިޔާމް

ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް، ވަކީލަކަށް ހުންނަވައިގެން ދެއްވާފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ސަރުކާރުގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެން އިއްޔެ ބޭއްވެވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ޖޭއެސްސީގައި އޭރުވެސް މިހާރުވެސް ތިއްބެވީ ކުރީ ސަރުކާރުން އައްޔަނު ކުރެވުނު މެންބަރުން ކަމަށެވެ. އެހެންކަމުން، މައްސަލާގައި ދަށު ކޯޓަށް ނުފޫޒް ފޯރުއްވާނެކަން އެނގިވަޑައިގަންނަވާތީ ރައީސް ޔާމިންގެ މައްސަލަ އެ ކޯޓުން ނިންމަވާތާ 72 ގަޑިއިރުތެރޭގައި ހައިކޯޓްގައި އިސްތިއުނާފް ކުރެއްވުމަށް ޖަމީލަށް ދެއްނެވި ކަމަށް ޔާމީން ވިދާޅުވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

އެނގިވަޑައިގަންނަވާނެ އެ މައްސަލަ އިސްތިއުނާފް ކުރެވުނީ ދެމަސްދުވަސް ފަހުން. އަޅުގަނޑުމެންގާތު ޖަމީލް ވިދާޅުވަމުންދިޔައީ ރައީސް ޔާމީން ވިދާޅުވެގެންނޭ މިގޮތަށް މި ކަންތައް ކުރަނީ. އަޅުގަނޑުމެންނަށް މި އެނގެނީ ވަކީލުން ގެންނަ މެސެޖު.

އަހުމަދު ޝިޔާމް

މިއާއެކު ޝިޔާމް ވިދާޅުވީ، ޑރ ޖަމީލް ޔާމީންގެ ފަރާތްޕުޅުން އޭރު ޕާޓީ ލީޑާޝިޕާއި ހަމައަށް ފޯރުކޮށްދޭ މެސެޖްތައްކަށްވެސް އިތުބާރު ނުކުރާ ހިސާބައް ކަންކަން ދިޔަ ކަމަށެވެ. 

 "ޑރ ޖަމީލް ބޭނުން ގޮތަކަށް މެސެޖުތައް ހުންނަނީ އަޅުގަނޑުމެންނާ ހިސާބަށް އަންނައިރު. އަޅުގަނޑަށް ހީވަނީ ރައީސް ޔާމީނަށް މިދިން އަނިޔާ. ރައީސް ޔާމީނަށް [އޭރުގެ] ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް ޑރ. ޖަމީލް ރައީސް ޔަމީންގެ ވަކީލަކަށް ހުންނަވައިގެން ދެއްވައިފި. އަޅުގަނޑު ހައިރާންވޭ ޑރ. ޖަމީލް އުފައްދަވައިގެން އުޅުއްވާ ޕާޓީއަށް ރައީސް ޔާމީން ވަޑައިގަތީމަ."

އަހުމަދު ޝިޔާމް

ޝިޔާމްގެ އެވާހަކަތަކަށް ތާއީދު ކުރައްވަައި ވާހަކަ ދައްކަވަމުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސް ޔާމީން މިނިވަންވެވަޑައިނުގެންނެވުމަކީ ހަގީގަތުގައިވެސް ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ. 

"އަޅުގަނޑުމެން ހަގީގަތުގައިވެސް ކަންބޮޑުވޭ ރައީސް ޔާމީން މިނިވަން ނުވެ ހުންނާތީ. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ ރައީސް ޔާމީންގެ ވަކީލުންގެ ގޮތުގައި މި ތިއްބެވި ބޭފުޅުން ތިން ހަތަރު ސަތޭކަ ޞަފްހާގެ ރިޕޯޓުތައް ހުށައަޅައިގެން ވީކަމެއް އެބައޮތްބާއޭ؟"

އާދަމް ޝަރީފް ޢުމަރު

‏⁦ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު ބޭއްވުނު މުޒާހަރާ ތަކުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި ޝަރީއަތް ލަސްވާތީ ކޯޓް ތަކަށް ގޮސް މަޖިީހަށް ކުއްލި މައްސަލަތައްވެސް ހުށަހެޅުއްވި ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑަކީ ރައީސް ޔާމީންގެ ޝަރީއަތުގެ ކޮންމެ އަޑުއެހުމަކަށް ދިޔަ މީހެއް. އަޅުގަނޑަށް ފާހަގަވެގެން ދިޔައީ، ރައީސް ޔާމީނަށް ލުޔެއް ލިބުނީއްޔާ ލިބިވަޑައިގަތީ ރައީސް ޔަމީން ކޮޅަށް ތެދުވެ ދެއްކެވި ވާހަކައަކުން. އަޅުގަނޑުމެންނަކަށް ޤާނޫނީ ވަކީލުންގެ ވާހަކައަކުން އެއްވެސް ކުރިއެރުމެއް ފެންނާކަށް ނެތް. "

އާދަމް ޝަރީފް ޢުމަރު

މީގެ އިތުރުންވެސް އިއްޔެގެ ޕެނަލް ޑިސްކަޝަންގައި ތިއްބެވި ބޭފުޅުން ވަނީ ޔާމީންގެ އަރިހުގައި މިހާރު ތިއްބެވީ އެމަނިކުފާނަށް އިޚްލާސްތެރި ބައެއް ނޫންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.