ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން-- ފޮޓޯ: އޭޕީ
ދުނިޔެ
09 Apr 2024 | 14:08
ޣައްޒާގެ ޤަތުލުއާއްމު ހުއްޓާލަންދެން ތުރުކީން އިސްރާއީލަށް މުދާ އެކްސްޕޯޓު ކުރުން ހުއްޓާލަނީ

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުއާއްމު ހުއްޓާލަންދެން ތުރުކީން އިސްރާއީލަށް ވަކި ބާވަތްތަކެއްގެ މުދާ އެކްސްޕޯޓު ކުރުން ހުއްޓާލުމަށް ނިންމައިފިއެވެ.

ތުރުކީގެ ޓްރޭޑް މިނިސްޓްރީ ބުނީ އިސްރާއީލުން ކެނޑިނޭޅި ބައިނަލްއަގުވާމީ ގާނޫނާއި ޚިލާފަށް ޣައްޒާ އަށް ހަމަލާ ދެމުންދާ ކަމަށާއި، އދ އަށް ވެސް އިސްރާއީލުން ބޯ ނުލަބާ ކަމަށެވެ. މިހުރިހާ ކަމެއް އިސްރާއީލުން ތަންފީޒު ކުރާ ގޮތް ތުރުކީން ބަލަމުންދާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ފަރާތުން އެދެވޭ ބަދަލެއް ނުފެނުމުގެ ސަބަބުން، ތުރުކީން ވަނީ އެގައުމުން އިސްރާއީލަށް ބޭރުކުރާ 54 ބާވަތެއްގެ މުދާ ބޭރު ކުރުން ހުއްޓާލާފައެވެ. އޭގެ ތެރޭގައި، އެލުމިނިއަން ނަރާއި، ސިމެންތި އާއި ކެމިކަލްތަކާއި ތަފާތު ބާވަތްތަކުގެ އިންޖީނާއި ޖެޓު ތަކަށް އަޅާ ތެޔޮ ވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން ތުރުކީގެ ޓްރޭޑް މިނިސްޓްރީން ނެރުނު ބަޔާޏެއްގައި ބުނީ، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނަށް ބޯލަބައި، ޣައްޒާ އަށް އެހީ ވެއްދުމަށް މަގުފަހި ކޮށްދީ، ހަނގުރާމަ ވަގުތުން ހުއްޓާލަންދެން މި ފިޔަވަޅު ދަމަހައްޓާނެ ކަމަށެވެ.

މި ހަފްތާގެ ހޯމަ ދުވަހު ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން ވަނީ ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދޭނެ ގޮތްތަކަށް އިސްރާއީލުން ދެކޮޅު ހެދުމާއި ގުޅިގެން އިސްރާއީލާއި މެދު ފިޔަވަޅު ތަކެއް އަޅާނެ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ހަމަލާދޭން ފެށީއްސުރެ ވެސް ތުރުކީން އަންނަނީ މި ހަމަލާތައް ކުށްވެރިކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ޣައްޒާ ދިފާއު ކުރަމުންނެވެ. މިގޮތުން، މި ހަމަލާތައް ދޭން ފެށި އިރު، ހުޅަނގުގެ ވެރިރަށްތަކުން އިސްރާއީލުގެ ހަނގުރާމައަށް ތާއީދުކުރި އިރުވެސް، ތުރުކީގެ ރައީސް އުރުދުޣާން އޭނާގެ ޕްލެޓްފޯމް ބޭނުން ކުރެއްވީ އެ ޖަމާއަތުގެ ނަސްލު ނައްތާލުމުގެ އަމަލުތައް ފަޅާއަރުވާލުމަށެވެ.

އޭގެ އިތުރުންވެސް މިދިޔަ އަހަރު ތުރުކީގެ ޕާލަމެންޓް މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން، އިސްރާއީލަށް ތާއީދުކުރާ ކަމަށް ތުހުމަތު ކުރެވޭ ކުންފުނިތައް ވަނީ ބޮއިކޮޓް ވެސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ