ވަޒީރު ޑރ.މުޙައްމަދު ޝަފީޤް-- ފޮޓޯ: ޕީއެސްއެމް ނިއުސް
ހަބަރު
25 Apr 2024 | 15:24
ވަރަށް އަވަހަށް އެސްއޯއީ ރިފޯމް ޕްރޮގްރާމެއް ފަށަން ސަރުކާރުން ބޭނުންވޭ: ވަޒީރު ޝަފީޤް

 އެސްއޯއީ ރިފޯމް ޕްރޮގްރާމެއް ވަރަށް އަވަހަށް ފައްޓައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ޝަފީޤް ވިދާޅުވީ، ދައުލަތުގެ ގިނަ ކުންފުނިތައް ހިންގަމުންދަނީ އެންމެ ޒިންމާދާރުކަމައެކު ނޫންކަމަށާއި ކުންފުނިތަކަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދުތައް ބޮޑުވާކަމަށެވެ.

އެހެންކަމުން، އެސްއޯއީ ކުންފުނިތައް ހަރުދަނާކުރުމަށްޓަކައި ކެބިނެޓަށް ކަރުދާހެއް ހުށައަޅާ ފާސްކުރެވިފައިވާ ކަމަށާއި، މިނިސްޓްރީ އޮފް ފިނޭންސްގަ އެ އެސްއޯއީ ރިފޯމް ޕްރޮގްރާމަށް ހަދަންޖެހޭ ސްޑަޑީޒްތައް ވަނީ ހެދިފައިވާއިރު، މަސައްކަތް ވަރަށް އަވަހަށް ފައްޓާނެ ކަމަށް ވަޒީރު ޝަފީޤް ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑު ދެކެން އެންމެ ރަނގަޅަށް ނުހިނގާ ކުންފުނިތައް ކޮންގޮތަކަށްތޯ އެކުންފުނިތައް ހިންގާނީ. ކޮން ބަދަލުތަކެއްތޯ ގެނެވޭނީ. އެސްއޯއީ ކުންފުނިތައް ހަރުދަނާކޮށް ނުވަތަ ރިފޯމްކުރުން. ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވޭ އެސްއޯއީ ރިފޯމް ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށްޓައިގެން ކުރިއަށް ގެންދިއުމަށް. މިހާރު ކެބިނެޓަށްވަނީ ކަރުދާހެއް ހުށައަޅާ ފާސްކުރެވިފައި. މިނިސްޓްރީ އޮފް ފިނޭންސްގަ އެ އެސްއޯއީ ރިފޯމް ޕްރޮގްރާމަށް ހަދަންޖެހޭ ސްޑަޑީޒްތައް ވަނީ ހެދިފަ. އިރާދަކުރެއްވިއްޔާ އިމްލިމަންޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓާނަން."

ވަޒީރު ޝަފީޤް ވިދާޅުވިއެވެ.

ވަޒީރު ޝަފީޤް ވިދާޅުވީ، ދައުލަތުން ސަބްސިޑީ ދިނުމުގެ އުސޫލަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަމަށާއި، ދައުލަތަށް ލިބޭ އާމްދަނި ޚަރަދުކުރަންވާނީ ޒިންމާދާރުކޮށް ޚަރަދު ކުޑަކޮށްގެންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.