އިންޓަގްރޭޓެޑް ކޯޓް މެނޭޖްމަންޓް ސިސްޓަމް، އައި.ސީ.އެމް.އެސް އިފްތިތާޙް ކުރުން- ފޮޓޯ/ ޑީޖޭއޭ
ހަބަރު
28 Apr 2024 | 09:40
ޝަރުޢީ ދާއިރާގެ ހުރިހާ އިދާރާތަކެއް އެއް ސިސްޓަމަކުން ގުޅާލައިފި

ރާއްޖޭގެ ހުރިހާ ކޯޓުތަކަކާއި ޝަރުޢީ ދާއިރާއާ ގުޅުންހުރި ހުރިހާ އިދާރާއެއް އެއް ވިއުގައަކުން ގުޅާލައިދޭ އިންޓަގްރޭޓެޑް ކޯޓް މެނޭޖްމަންޓް ސިސްޓަމް، އައި.ސީ.އެމް.އެސް އިފްތިތާޙްކޮށްފިއެވެ.

އައިސީއެމްއެސް އިފްތިތާހު ކޮށްފައިވަނީ މީރުމާ ހޮޓެލްގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުދާނެވެ. 

ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އިން ބުނީ މި އިންޓަގްރޭޓެޑް ކޯޓް މެނޭޖްމަންޓް ސިސްޓަމް، ފަރުމާކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާއި ޔޫއެންޑީޕީގެ އެހީތެރިކަމާއެކުކަމަށެވެ. އެކަމަށްޓަކައި ޑީ.ޖޭ.އޭއިން ވަނީ އެ ދެ އިދާރާއަށް ޝުކުރު އަދާކޮށްފައެވެ.

މި ސިސްޓަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން، ޑީ.ޖޭ.އޭއިން ބުނީ، މި ސިސްޓަމްގައި ހިމެނޭ ޕަބްލިކް އެކްސެސް ޕޯޓަލްތައް މެދުވެރިކޮށް، އާންމުންނަށް މައްސަލަތަކުގެ އަދާހަަމަ ބަލައި، ކޯޓުތަކުގެ އިޖުރާއަތުތައް ދެނެގަނެވި ދެފުށްފެންނަ ނިޒާމަކުން މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަދި ސިސްޓަމް މެދުވެރިކޮށް، ދައުވާ ފޯމު ހުށަހެޅުމާއި، ކޭސް ރަޖިސްޓްރޭޝަނާއި، ކޭސްއަށް ފަނޑިޔާރުން ހަމަޖެއްސުން، ކޭސް ޝެޑިއުލިން އަދި ކޯޓު އަމުރު ތައްޔާރުކޮށް ހުކުމް ކުރުންވެސް ކުރިޔަށް ގެންދެވޭނެކަމަށް ޑީ.ޖޭ.އޭއިން ބުންޏެވެ.

ކޮމެންޓް
އާދަނު123
ތީގެ ސަބަބުން ސިޔާސީ މީހުންނޭ އެއްވަރަށް އާދައިގެ ރައްޔިތުންނަށް އިންސާފު ލިބޭނެތަ؟ ދިވެހި ރާއްޖޭގެ ކޯޓު ތަކަށް ދިވެހިން އިތުބާރެއްނެތް
28 Apr 2024
ގުޅޭ ލިޔުންތައް
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
ޗާގޯސް ސަރަހައްދަށް ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް: މެޓް
ޗާގޯސް ޖަޒީރާތަކުގެ ސަރަހައްދަށް ބިންހެލުމެއް އައިސްފައިވާ ކަމަށާއި، ނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އަދި ސީދާ އަސަރެއް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.