ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ޙަކީމް— ފޮޓޯ/ މަޖިލިސް
ހަބަރު
29 Apr 2024 | 09:59
ކޮޕީ ރައިޓްގެ ގާނޫނުން ހިމާޔަތް ލިބިދޭ އުފެއްދުންތައް ކަނޑައަޅައި، އެ ގާނޫނަށް ގެންނަ އިސްލާހު ހުށަހަޅައިފި

ކޮޕީރައިޓް ގާނޫނުގެ ދަށުން ހިމާޔަތް ލިބިދޭ އުފެއްދުން ތަކާއި، އެނޫން އުފެއްދުންތަކުގެ ތަފްސީލް އެނގޭ ހެން ކޮޕީރައިޓްގެ ގާނޫނަށް ބަދަލު ގެނައުމަށް އިސްލާހު ހުށަހަޅައިފިއެވެ. 

މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ޙަކީމެވެ.

މި ބިލު ހުށަހެޅުމުގެ މަގުސަދުގެ ގޮތުގައި އަބްދުލް ޣަނީ ވިދާޅުވީ، ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގު ތަކުގެ ގާނޫނުގެ ދަށުން ހިމާޔަތް ލިބިދޭ އުފެއްދުން ތަފްސީލް ކުރުމާއި، ގާނޫނުގެ ދަށުން ކޮޕީ ރައިޓްގެ ހައްގު ތަކަށް  އަރައުގަތް ކަމަށް ނުބެލެވޭ އިސްތިސްނާ ހާލަތްތައް ކަނޑައެޅުން ކަމަށެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބުދޭ އިސްތިސްނާ އާއި، ވިޔަފާރި ފައިދާ އަކަށް ނުވާ ގިތަށް ދިރާސާ ކުރުމުގެ ބޭނުމަށް ލިބުދޭ އިސްތިސްނާ ކަނޑައެޅުން ހިމެނޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކޮޕީ ރައިޓްގެ ގާނޫނުގައި އުފެއްދުމެއްގެ އިގްތިޞާދީ އަދު އަޚްލާގީ މުއްދަތުގެ ގޮތުގައި ކަނޑަ އަޅާފައިވާ 50 އަހަރު 70 އަހަރަށް ބަދަލު ކުރުމަށްވެސް އިސްލާހުގައި ހުށަހަޅާފައުވެއެވެ. 

އަބްދުލް ޣަނީ ވިދާޅުވީ، އެ ގާނޫނަށް ގެންނަ އިސްލާހާއެކު، ކޮޕީ ރައިޓާއި މުސައްނިފުންގެ ހައްގުތައް އިތުރަށް ހަރުދަނާ ކުރެވިގެން ދާނެ ކަމަށެވެ. އަދި ލިބޭ ގެއްލުން ތަކަށް ބަދަލު ހޯދުމާއި، ކޮޕީ ރައިޓްގެ ހައްގު ލިބުގެންވާ ފަރާތްތަކުގެ ޖަމިއްޔާ އެއްވެސް ގާނޫނުގެ ދަށުން އުފެދިގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެހެން ކަމުން އެ ގާނޫނަށް ގެނެވޭ އިސްލާހާއެކު ގިނަ ބައެއްގެ ހައްގުތައް ސަލާމަތް ކުރެވި ކަށަވަރު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.