ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Apr 2024 | 16:10
ފުލުހުންގެ ޚިދުމަތުގައި އަންހެނުންމަދު، ގާބިލް އަންހެން މުވައްޒަފުން ހިދުމަތަށް ބޭނުންވޭ: ކޮމިޝަނަރ

ދިވެހި ފުލުހުންގެ ހިދުމަތުގައި އަންހެނުން މަދު ކަމަށާއި، ، ގާބިލް އަންހެން މުވައްޒަފުން ހިދުމަތަށް ބޭނުންވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް ވިމެން އިން ޕޯލިސިންގ ކޮމިޓީ"ގެ ދެވަނަ ދައުރު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ލިބިފައިވާކަން ޔަގީން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށާއި އެކަން ހަގީގަތަކަށް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ތައާރަފުކުރާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަން ފާހަގަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި މުވައްޒަފުންގެ ތެރެއިން އަންހެނުން މުވައްޒަފުންގެ އަދަދު އުޅެނީ 15 އިންސައްތަައިގައި ކަމަށާއި ފުލުހުންގެ ޚިދުމަތުގައި އަންހެނުންނަށް އަދާކުރެވޭނީ ވަކި ކަހަލަ ދައުރެއްކަމަށް ޤަބޫލުކުރާ ސަޤާފަތެއް އޮންނަކަމަށެވެ. އެހެންނަމަވެސް އެކަންކަން ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އަދި އެކަމުގެ ނަތީޖާވެސް ފެންނަމުންދާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

"މާލެއާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި އަންހެން އޮފިސަރުން، ވެރިންގެ ގޮތުގައި މަސައްކަތް ކުރޭ. ސީރިއަސް ބޮޑެތި މައްސަލަތައް ބަލާ ޑިޕާޓްމަންޓުތައް ލީޑުކުރުމުގައާއި ތަހުގީގުގައި އަމަލީ ގޮތުން ބައިވެރިވާ އަންހެން އޮފިސަރުން އެބަތިބި. ފޮރެންސިކް އެނަލިސްޓުންގެ ގޮތުގައި އަދި ސީން އޮފް ކްރައިމްސް އޮފިސަރުންގެ ގޮތުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވޭ. ޕޮލިސް އެނަލިސްޓުންގެ ގޮތުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވޭ. އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރާ ގިނަ އޮފިސަރުންނަކީ އަންހެން އޮފިސަރުން." 

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިއެވެ.

ހަމައެއާއިއެކު ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ އަންހެނުންނަށް ރައްކާތެރި އަދި ކުރިމަގު އޮތް މުއައްސަސާއަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތުން  މުއައްސަސާއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ދިރާސާތައް ހަދަން ޖެހޭ އިރު، މި ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފުލުހުންގެ ލީޑަރޝިޕްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންކުރައްވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
02 Jul 2026
ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރާ ބިލް ތަސްދީޤުކުރައްވައިފި
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ -/4 (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
02 Jul 2026
ހިތަދޫ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އަމުރުގައި ބުނެފައިވާގޮތުން، އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ.
02 Jul 2026
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
މިކަން އިޢުލާން ކުރެއްވީ އިއްޔެ އދ. ގެ މައި މަރުކަޒުގައި ބޭއްވި "ޔޫއެންއާރުޑަބްލިއު ޕްލެޖިންގ ކޮންފަރެންސް" ގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދެވެ.