ޑަބްލިއުސީކޭ ގެ މުއައްޒަފުން ތަކެއް ޣައްޒާގެ ކޮމިއުނިޓީ ކިޗަން އެއްގައި މަސައްކަތް ކުރަނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
29 Apr 2024 | 17:00
ޑަބްލިއުސީކޭ އިން ޣައްޒާގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް އަލުން ފަށަނީ

ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) އިން ޣައްޒާގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުކޮށްފިއެވެ.

މި މަހުގެ 1 ވަނަ ދުވަހު ޔަހޫދީން ޣައްޒާގައި އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދިޔަ އެ ޖަމިއްޔާ އަށް އަށް ދިން ހަމަލާއަށް ފަހު ޣައްޒާގެ އެހީގެ އޮޕަރޭޝަންތައް އެޖަމިއްޔާ އިން ވަނީ ހުއްޓާލާފައެވެ.

އެހެންނަމަވެސް، ޑަބްލިއުސީކޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޣައްޒާގެ އިންސާނީ ރައްކާތެރިކަމާއި ހާލަތު ގޯސްވި ނަމަވެސް، ހަމަ އެ ހަކަތައާއި އެކު ވީހާވެސް ގިނަ ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައި އެ ޖަމިއްޔާގެ އެހީގެ އޮޕަރޭޝަންތައް އަލުން ޣައްޒާގައި ފަށާނެ ކަމަށެވެ.

އެޖަމިއްޔާއިން ބުނީ މިހާރުވެސް ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާތްގަނޑަކަށް 8 މިލިއަން ކެއުން ހިމެނޭ 276 އުޅަނދު ތައްޔާރަށް އޮތް ކަމަށާއި، މިހާރު ވެސް އެގައުމުގައި ހުރި 68 ކޮމިއުނިޓީ ކިޗަން ގެ އިތުރުން ޣައްޒާގެ އިތުރު ހިސާބު ތަކުގައި ވެސް މި ފަދަ ތަންތަން ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ޣައްޒާގައި 68 ކޮމިއުނިޓީ ކިޗަން ހިންގަމުން އަންނަ މި ޖަމިއްޔާ އިން ވަނީ ފާއިތުވެ ދިޔަ 6 މަސް ދުވަސް ތެރޭގައި ކާބޯތަކެއްޗާއި ކެއްކުމަށް ބޭނުންކުރާ ސާމާނު ހިމެނޭހެން 1,700 އަށް ވުރެ ގިނަ އުޅަނދުގެ އެހީ ޣައްޒާ އަށް ފޯރުކޮށްދީފައެވެ.

ޑަބްލިއުސީކޭ ޖަމިއްޔާއަކީ ޣައްޒާއަށް އިންސާނީ އެހީ ލޯޑްކޮށްފައިވާ އުޅަނދުތައް ވެއްދުމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ޖަމިއްޔާ އަކަށް ވާއިރު، މިއީ ސައިޕްރަސްއިން ކަނޑު މަގުން ފޮނުވި އިންސާނީ އެހީތައް ޣައްޒާގެ ރައްޔިތުންނަށް ބެހުމުގައި ވެސް މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވި ޖަމިއްޔާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.