ރޭގެ ފޯރަމްގައި ވަޒީރު އިހްސާން ވާހަކަ ދައްކަވަނީ-ފޮޓޮޯ/ ޕީއެސްއެމް
ހަބަރު
30 Apr 2024 | 11:26
ފުލުހުންގެ ކަސްޓޯޑިއަލްގައި ކުޑަކުއްޖެއްގެ ކޭސްއެއް މިހާރު ނޯންނާނެ: އިހުސާން

ފުލުހުންގެ ކަސްޓޯޑިއަލްގައި ނުނިމި އެއްވެސް ކުޑަކުއްޖެއްގެ ކޭސްއެއް މިހާރު ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމްގައި ބައިވެރިއަކު ކުށް ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ‏15 އަހަރުން ދަށުގެ ކުދިންނަށް އަވަސް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، ކުޑަކުއްޖަކު ކުށެގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއެކު އެކުއްޖާއާމެދު ވީހާވެސް އަވަހަށް ގޮތެއް ނިންމުމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. 

"އެގޮތުން އަޅުގަނޑުމެން މި ބަލަނީ ކުށް ކުރާ ކުއްޖަކު ނުވަތަ ކުށުގެ މާހައުލަށް ހުށަހެޅޭ ކުއްޖަކު، ކުށެއްގެ މާހައުލުން ހައްޔަރުކުރެވޭ ހިނދު ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހިސާބުން ވަގުތުން އެކުއްޖަކަށް ޑިޕާޓްމަންޓް އޮފް ޖުވެއިނަލް ޖަސްޓިސްގެ ފަރާތުން އެޓެންޑު ކުރުމުގެ ކަންތައް އެންމެ ފުރަތަމަވެސް. ހަމަ އެއާއެކު ކަޑަ ކުދިންގެ ކަންކަން ބަލަހައްޓާ ޖުވެނައިލް ކޯޓުން ވަރަށް އަވަސް މަރުހަލާ އެއްގައި ޝަރީއަތުގެ ކަންކަންވެސް ކުރިއަށް އެބަ ގެންދަވާ”

ވަޒީރު އަލީ އިހްސާން

އިހުސާން ވިދާޅުވީ، މި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތަކީ ކުށަކަށް އަރައިގަނެގެން ނުވަތަ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދަކުދިން ކަސްޓޯޑިއަލްގައި ބަހައްޓައިގެން ޝަރީއަތްތައް އަވަސް ކުރުން ކަމަށެވެ. އަދި މިހާރު ކުޑަކުއްޖަކާއި ގުޅޭ އެއްވެސް ކޭސްއެއް ކަސްޓޯޑިއަލްގައި ނުނިމި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ހައްޔަރުކުރެވޭ ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ކަސްޓޯޑިއަލްގައި ބަހައްޓައި ޝަރީއަތް އަވަސްކުރުމުގެ ފަލްސަފާއެއް އަޅުގަނޑުމެން ކުރިއަށް ގެންދަނީ. އެގޮތުން މިހާރު އަޅުގަނޑުމެންގެ ކަސްޓޯޑިއަލްގައި ޕެންޑިންގައި އެއްވެސް ކުޑަކުއްޖެއްގެ ކޭސްއެއް ނީންނާނެ."

ވަޒީރު އަލީ އިހްސާން

މީގެ އިތުރުން ވަޒީރު ވިދާޅުވީ، 15 އަހަރުން ދަށުގެ ކުޑަކުދިން ކުށުގެ ޒިންމާ ނެގުން އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އޮންނަ ގޮތް ކަމަށާއި 12 އަހަރަށް އެޅުމަށްފަހު އެކުއްޖަކު ކުރާ ކުށުގެ ޒިންމާ އެކުއްޖަކު އުފުލަން ޖެހޭ ކަމަށެވެ.

އޭގެ ސަބަބަކީ 15 އަހަރު ނުވާ ކުދަކުދިންވެސް، އެކުދިން ލައްވާ މީހުން ކުށް ކުރުވާ އެބަ. ހަމައެއާއެކު އެކުދިން ކުށުގެ މާހައުލުގައި އުޅެމުން ކުށްތަކަށް އަރައިގަންނަ ހާލަތުވެސް އެބަ އާދޭ. އައިމަ އަޅުގަނޑުމެން މިހާރު މި އަމަލުކުރާ ނިޒާމުގެ ތެރޭގަ ނެތް ގާނޫނީ އިމުގެ ތެރެއިން އެކުދިންނާ ދޭތެރޭގަ ފިޔަވަޅެއްވެސް އެޅޭކަށް. އެކުދިންނަށް އެއްވެސް ކަހަލަ ގޮތަކަށް ރިހެބިލިޓޭޝަން ޕްރޮސެސްއެއްވެސް ފެށެން ނެތް

ވަޒީރު އަލީ އިހްސާން

އެހެންކަމުން، ސަރުކާރުގެ ވިސްނުމަކީ އުމުރުން 12 އަހަރުން މައްޗަށްދާ ކުދިިން ކުށުގެ ޒިންމާ ނަގަންޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރުން ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި އެ ޒިންމާ ނެގުމަކީ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ކުއްޖާ ގެންދާ ހިސާބުން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށްޓަކައި ދ.ކުޑަހުވަދޫ އަދި ހއ.ހޯރަފުށީގައި ޤާއިމުކޮށްފައިވާ ހާފްވޭ ހައުސް ޖުވެނައިލް ރެސިޑެންޝިއަލް ޓްރީޓްމަންޓް ސެންޓަރު މިހާރު ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.