މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް— ފޮޓޯ/ ވޮއިސް
ހަބަރު
30 Apr 2024 | 12:52
މިޔަރާއި ގުޅިގެން ގިނަ މަސްވެރިންގެ ޝަކުވާ ތަކެއް ލިބޭ؛ މައްސަލައަށް ހައްލެއް ހޯދުމަށް ދިރާސާއެއް އެބަ ކުރަން: ޝިޔާމް

މިޔަރުގެ މަސްވެރިކަން އަލުން ފެށުމާއި، މިޔަރުގެ ސަބަބުން މަސްވެރިކަމަށް ލިބެމުންދާ ގެއްލުމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާ އަންނަ ކަމަށާ އެކަން ހައްލުކޮށް މިޔަރުގެ މަސްވެރިކަން ފަށަން ހުއްދަ ދިނުމާއި ގުޅޭގޮތުން ދިރާސާއެއް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ސަރުކާރުން މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމްގައި ރޭ މަސްވެރިއަކު ވަނީ، ރާއްޖޭގެ ކަނޑުގެވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ކޮށް، މިޔަރުގެ މަސްވެރިކަމާއި ލޭނު އެޅުން ފަދަ ކަންކަން ކުރެވޭނެ މަގު ފަހި ކޮށްދިނުމަށް ސަރުކާރުގެ ވިސްނުމެއް އޮތް ތޯ ވަނީ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން މަސްވެރިކަމުގެ ވުޒާރާގެ ނަންވެސް ބަދަލު ކުރެއްވި ކަމަށާ، އޭގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައިކޮށް، ކަނޑުން ލިބޭ އާމްދަނީ އިތުރު ކުރުން ކަމަށެވެ. 

މިއާއެކު ޝިޔާމް ވިދާޅުވީ، ރާއްޖޭގަައި މީގެ ކުރިން މިޔަރު ހިފައިގެން އެއިން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަ ނަމަވެސް މިހާރު މިޔަރު މެރުން މަނާ ކުރެވިފައި ވުމުން އެކަމުގެ ކަންބޮޑުވުން ގިނަ ބައެއްގެ ފަރާތުން އަންނަ ކަމަށެވެ. 

ރާއްޖޭގެ އުތުރަކީ މިޔަރުން ވަރަށް ބޮޑު އާމްދަނީއެއް ހޯދަމުން އައި ބައެއް. އެބޭފުޅުން އެބަ ވިދާޅުވޭ ޓޫރިޒަމަށްޓަކައު ތިމަންނަމެން މިޔަރުގެ މަސްވެރިކަން ހުއްޓާލާށޭ ޖެހުނީ. އެހެން ނަމަވެސް ޓޫރިޒަމަށް ބައިގަރުނު ވީއިރު ތިމަންނަ މެންނަށް އަދި ނެތޭ ޓޫރިސްޓް ރުސޯޓެއްވެސް މިހިސާބުގައި.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް 

މިއާއެކު ޝިޔާމް ވަނީ މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއއދައަށް އެއްބަޔަކު އެދޭ އިރު އަނެއްބައި ފަރާތްތަކުން މިޔަރާއިހެދި މަސްވެރިކަމަށް ބޮޑު ގެއްލުމެއް ވާކަން ފާހަގަކުރަމުންދާ ކަމަށް ވިދާޅުވެފައެެވެ. 

އަނެއް ބަޔަކު، ވަކިން ޚާއްސަކޮށް ފަރުމަސްވެރިންނާ ކަންނެލި މަސްވެރިކަން ކުރާ ބޭފުޅުންނާއި، އަދި ކަޅުބިލަ މަސްވެރިކަން ކުރާ މީހުންވެސް އެބަ، ބުނޭ މިޔަރާއި ހެދި ތިމަންނަ މެންނަށް މަސްވެރިކަން ކުރަން މިހާރު އުނދަގުލޭ. ފަރުމަސްވެރިކަން ކުރާ ބޭފުލުން އެބަ ވުދާޅުވޭ ފަރުމަހުގައި އުޅެފައި އަތް ދޮވެލަން މޫދަށް އަތްލަންވެސް ބިރު ގަނޭ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް 

ޝިޔާމް ވިދާޅުވީ އެފަދަ މައްސަލައެއްގައި ވަކި ގޮތަކަށް ނިންމާއިރު ހުރިހާ ގޮތަކުންވެސް ބަލަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ރީތިކަން ދައްކައިގެން ފަތުރުވެރިކަން ކުރިއަރުވާ ގައުމެއް ކަމަށް ވުމުން އެކަމާއި މެދުވެސް ވިސްނަންޖެހެޭ ކަމަށެވެ. 

މިއީ ދިރާސާއެއްގެ އަލީގައި ނޫނީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްވެސް ނޫން. އެހެންކަމުން ހުރިހާ ބޭފުޅުންނަށްވެސް މީގައި ބެލެންސް ހޯދުމުގެ ގޮތުން މިޔަރުގެ ކަންކަމުގައި އަޅުގަނޑުމެން މިހާރު އެބަ ދިރާސާއެއް ހަދަން. އެހެންވީމާ ދިރާސާއެއްގެ އަލީގައި އަދި ހުރިހާ ސްޓޭކްހޯަލްޑަރުންނާއި ވާހަކަދައްކައިގެން މީގައި ގޮތްތަކެއް، އަދި މަގުތަކެއް ކޮށޭތޯ މި ބަލަނީ. 

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް 

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރުމަށް މެރިކަލްޗަރ އަކީވެސް މުހިންމު ކަމެއް ކަމަށާ އެކަން ކުރިއެރުވުމަށް މަސައއކަތްތައް ކުރިއަށްދާ ކަމަށެވެ. 

އަދި މަސްވެރިކަމޔގެ ދާއިރާ ކުރިއަރުވައި ދާއިރާ އިން ކުރިއަށް ދިޔުމަށް ފުރުސަތުތައް ހުޅުވާލައު ކަމާބެހޭ އިލްމު ފޯރުކޮށްދިނުމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއާއި އެކު ވެސް މިހާރު މަސައްކަތް ފެށިފައުވާ ކަން ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.