Advertisement

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން 2 ބިދޭސީ އަކު ހޯދަނީ

ފުލުހުން ހޯދަމުންދާ 2 ބިދޭސީން-- ފޮޓޯ: ޕޮލިސް

ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން 2 ބިދޭސީ އަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ ޝޮހެދުއްލާ (34އ)، ބަންގްލަދޭޝް، (ޕާސްޕޯޓު ނަންބަރު: AE7471793) އާއި ކޮކޮން މިއާ (34އ)، ބަންގްލަދޭޝް، (ޕާސްޕޯޓު ނަންބަރު: EK0802116) އެވެ.

ފުލުހުން ބުނީ މި ދެމީހުން ހޯދަމުންދަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށެވެ.

ފުލުހުން ވަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މި ދެމީހުން 2024 މެއި 11 ވަނަ ދުވަހުގެ 20:00 އަށް ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަންގާފައެވެ.

Advertisement

ކޮމެންޓް