ގެނބެމުންދިޔަ ދިވެއްސަކު ސަލާމަތްކޮށްދިން 2 ފަތުރުވެރިންގެ އަގު ވަޒަން ކުރުން-- ފޮޓޯ: ޕޮލިސް
ހަބަރު
05 May 2024 | 14:13
ދިވެއްސަކު މޫދަށް ވެއްޓި، ގެނބެނިކޮށް ސަލާމަތްކޮށްދިނީ ދެ ފަތުރުވެރިން!

ބ. އަތޮޅުގައި އޮންނަ ދުސިތު ތާނީ ރިސޯޓުގެ މުވައްޒަފަކު މޫދަށް ވެއްޓި، ގެނބެނިކޮށް ދެ ފަތުރުވެރިން އޭނާ ސަލާމަތްކޮށްފިއެވެ.

މިދިޔަ މަހުގެ 28 ގައި ހިނގި މި ހާދިސާ ގައި އެ ރިސޯޓް ގައި މަސައްކަތް ކުރަމުންދިޔަ ދިވެހި މުއައްޒަފު ސަލާމަތްކޮށްދިނީ އެ ރިސޯޓަށް ހަނީމޫނަށް ގޮސް އުޅުނު ދެމަފިރިން ކަމަށްވާ ޖޯޑަން ޑަނިލް ވަން ޑައިކާއި އޭނާގެ އަންހެނުންނެވެ.

މިކަމާއި ގުޅިގެން ބ. އަތޮޅު ފުލުހުންގެ ހިދުމަތުން ވަނީ އެ ރިސޯޓަށް ގޮސް އެ ދެމަފިރިންނާ ބައްދަލުކޮށް، އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އެމީހުންނަށް ދީފަ އެވެ.

ބ. އަތޮޅު ފުލުހުންގެ ހިދުމަތުން ބުނީ ޑިއުޓީގައި ހުރި މުވައްޒަފަކު ވޯޓާ ވިލާއެއްގެ ޑެކުމަތިން މޫދަށް ވެއްޓި، އޭނާ ގެނބެމުން ދަނިކޮށް ފެނުނީ މި ދެމަފިރިންނަށް ކަމަށާއި، އެ ދެމަފިރިން އޭނާ ސަލާމަތް ކުރި އިރު، ހިތާމަވެރި ހާދިސާއެއް ނުހިނގާ ސަލާމަތްވީ އެދެމަފިރިން އެވަގުތު ދެއްކި ގަދަ ހިތްވަރުން ކަމަށެވެ.

އެހެންކަމުން،ބ.އަތޮޅު ފުލުހުން ވަނީ  ދިވެހިންގެ ފަރާތުން އެ ދެމަފިރިންނަށް ޝުކުރު އަދާކޮށް، އެމީހުން އެވަގުތު ނެގި އަވަސް ފިޔަވަޅުތަކުގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްވީތީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.