ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހަމާސް އެއްބަސްވުމަކަށް ގެނައުމަށް އެމެރިކާ އާއި މިޞްރާއި ޤަތަރުން ވަނީ މަސައްކަތް ފަށާފައި-- ފޮޓޯ: އޭޕީ
ދުނިޔެ
05 May 2024 | 17:38
ޣައްޒާގެ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް!

ޔަހޫދީންގެ ފައުޖުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާއްމު ހުއްޓާލުމާއި ގުޅޭ މަޝްވަރާތަކަށް ހަމާސް ޖަމާއަތުގެ ޓީމެއް މިޞްރުގައި ހަރަކާތްތެެރި ވަމުންދާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހަމާސް ޖަމާއަތުގެ އިސް ތަރުޖަމާނެއް ކަމަށްވާ އުސާމާ ހަމްދާން ވިދާޅުވީ، މި މަޝްވަރާތަކާއި އެކު ކުރިއަށް ދާކަމަށާއި، އެ ކަމާއި ގުޅޭ ވާހަކަތަކުގެ ތެރޭގައި ރަނގަޅު ބައެއް ނުކުތާތަކެއް ވެސް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން އަދިވެސް މިދައްކަނީ މައިގަނޑު މައްސަލައިގެ ވާހަކަ، އެއީ ހަނގުރާމަ އެއްކޮށް ހުއްޓާލުމާއި އިސްރާއީލުން ޣައްޒާ ދޫކޮށް ފައިބައިގެން ދިޔުން. އަޅުގަނޑުމެން އުންމީދު ކުރަނީ މިއަދު މިކަމާއި ގުޅޭ ރަނގަޅު ޖަވާބުތަކެއް ލިބޭނެ ކަމަށް."

އުސާމާ ހަމްދާން ވިދާޅުވިއެވެ.

ހަމާސް ޖަމާއަތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވީނަމަވެސް، ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެފަރާތުން އައި ކަމުގައިވިޔަސް ޣައްޒާ އަށް ހަމަލާ ދިނުން ހުއްޓާނުލާނެ ކަމަށް ބުނެފައެވެ.

އިސްރާއީލުގެ މިވާހަކަތަކަށް ރައްދުދީ، ހަމާސް ޖަމާއަތުން ބުނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވާނީ ޔަހޫދީން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާއްމު އެއްކޮށް ހުއްޓާލުމަށް އެއްބަސްވާނަމަ ކަމަށެވެ. ކަމާއި ގުޅޭ ގިނަ ފަރާތްތަކުން ބުނީ މި މަޝްވަރާތައް މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

މި މަޝްވަރާތައް ކުރިއަށް ދާއިރު ވެސް ޔަހޫދީ ފައުޖުން ޣައްޒާ އަށް ދެމުންގެންދާ ހަމަލާތަކަށް ހުއްޓުމެއް އައިސްފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މިގޮތުން 1.5 މިލިއަނަށް ވުރެ ގިނަ އާއްމުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ރަފާޙް އަށް ހަމަލާތައް އަމާޒުކޮށްފައިވާއިރު، މިއީ އިންސާނީ ބޮޑު ކާރިސާ އަކަށް ވެދާނެ ފަދަ ކަމެއް ކަމަށް ބުނެ އދ އާއި ދުނިޔޭގެ ގިނަ ގައުމުތަކާއި އެހީގެ ޖަމާއަތް ތަކުން ވަނީ އިސްރާއީލަށް އިންޒާރު ވެސް ދީފައެވެ.

މިކަމަށް އަލިއަޅުވާލާ ވާހަކަ ދައްކަމުން އުސާމާ ހަމްދާން ވިދާޅުވީ، މިކަމުން ވެސް އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ހަނގުރާމަ ހުއްޓާލަން ބޭނުންނުވާކަން ދޭހަވާ ކަމަށާއި، ހަމަލާ ކުރިއަށް ގެންދާނެ ކަމަށް ނަތަންޔާހޫ ސާފުކޮށް ބުނެފައިވާކަމަށެވެ.

އޭގެ މާނަ އަކީ ހަނގުރާމަ ނުހުއްޓޭނެ ކަމަށާއި، ހަމަލާ ތައް ބަދަލު ކުރުން ކުރިއަށް ދާނެކަން ފާހަގަކޮށް އުސާމާ ހަމްދާން ވިދާޅުވީ ނަތަންޔާހޫގެ ބަޔާނުން އޭނާ ބުނެދޭން ބޭނުންވާ އެއްޗެއް އެނގެން ބޭނުންވާ ކަމަށާއި، ހަމާސް ގަބޫލު ކުރާގޮތުގައި ހަނގުރާމަ ހުއްޓާލުމަކީ ޔަހޫދީން ޣައްޒާ އާއި ރަފާހް އަށް ދެމުންގެންދާ ހަމަލާތައް އެއްކޮށް ހުއްޓާލުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.