ޔަހޫދީން ދިން ހަމަލާއެއްގައި ރަފާހްގައި ހުރި ގެއެއް ސުންނާފަތިކޮށްލާފައި-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
06 May 2024 | 16:10
ރަފާހް ހުސްކުރުމަށް ޔަހޫދީން އަންގައިފި

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްގައި ޔަހޫދީންގެ އަނިޔާވެރިކަމުގެ ސަބަބުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ޣައްޒާގެ އާއްމުން އެ ސަރަހައްދު ދޫކޮށްދިޔުމަށް ޔަހޫދީ ފައުޖުން އަންގައިފިއެވެ.

ޣައްޒާގެ 2.2 މިލިއަނަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ރަފާހް ހުސްކުރުމަށް ޔަހޫދީން އަންގާފައިވާއިރު، މިއީ ޣައްޒާގެ އެންމެ ދެކުނު ސަރަހައްދަށް އިސްރާއީލުން ދިނުމަށް ރާވާފައިވާ ހަމަލާ އަވަސް މުސްތަގުބަލެއްގައި ދޭނެ ކަން  އަންގައިދޭކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޔަހޫދީން، ރަފާހްގައި ދިރިއުޅެމުން އަންނަ އާއްމުންނަށް އަންގާފައިވަނީ އަލްމަވާސީ އާއި ޚާން ޔޫނިސް ފަދަ "އިންސާނީ އެހީތެރިކަން ލިބެން ހުރި" ތަނަކަށް ދިޔުމަށެވެ. މިކަން އެންގުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ އާއްމުންނަށް މެސެޖާއި ވޮއިސް މެސެޖް ފޮނުވުމުގެ އިތުރުން ރަފާހްގައި ދިރިއުޅެމުންދާ އާއްމުން ދާންވީ ތަންތަން ދައްކައިދިނުމަށް ތީރު ތަކެއް ޖަހާފައި ހުރި ޕޯސްޓްތަކެއް ވެސް ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައެވެ.

ޔަހޫދީންގެ މި އެންގުމާއި އެކު އެ ސަރަހައްދުން އާއްމުން ފައިބަން ފަށާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޔަހޫދީން މިފަދައިން އަންގާފައިވާއިރު، ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ ގޮތުން މިޞްރުގައި ހަމާސް އާއި އެކު މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ. ހަމައެއާއިއެކު މި ކަމާއި ގުޅޭގޮތުން އިސްރާއީލާއިއެކު ވެސް މަޝްވަރާތައް ކުރަމުން އަންނައިރު، އެވާހަކަތައް ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި މަޝްވަރާތައް ކުރެވެމުން ދާއިރު ވެސް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން އަންނަނީ މެދު ކެނޑުމެއްނެތި ޣައްޒާގެ އާއްމުންނަށް އަމާޒުކޮށް ހަލަމާ ދެމުންނެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ރަފާހް އަށް ދިން ހަމަލާތަކުގައި 8 ގެއެއް ހަލާކުކޮށްލައި، 26 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 11 ކުޑަ ކުދިންނާއި 8 އަންހެނުން ވެސް ހިމެނޭ އިރު، އަދިވެސް އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާތީ ޝަހީދުވި މީހުންގެ އަދަދު ޔަގީން ނުވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީންވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.