ހަމާސް އިން ހަމަލާ ފޮނުވާލި ސަރަހައްދުގައި ޔަހޫދީން ފައުޖުން ހަރަކާތްތެރި ވަނީ-- ފޮޓޯ: ޓައިމްސް އޮފް އިސްރާއީލް
ދުނިޔެ
07 May 2024 | 09:07
ފަލަސްތީނުން ދިން ހަމަލާއެއްގައި ޔަހޫދީ 4 ސިފައިން މަރުވެ، 10 މީހަކު ޒަހަމްވެއްޖެ

ހަމާސް ޖަމާއަތުން ދިން ރޮކެޓް ހަމަލާއެއްގައި ޔަހޫދީ 4 ސިފައިން މަރުވެ، އިތުރު 10 މީހަކު ޒަހަމް ވެއްޖެއެވެ.

ހަމާސް އިން މި ހަމަލާ ފޮނުވާލާފައިވަނީ ޔަހޫދީ ސިފައިން ޣައްޒާ އަށް ވެއްދުމުގެ ކުރިންވާން ޖެހޭ ތައްޔާރީތައް ކުރިއަށް ގެންދާ ކަރެމް ޝަލޮމްއާ އަވަށާއި ކައިރި ސަރަހައްދަކަށް ކަމަށްވާއިރު، އެއާއި ގުޅިގެން އެމީހުން ވަނީ އެ ބޯޑަރު ބަންދު ކޮށްފައެވެ.

މި ހަމަލާގައި މަރުވި 4 މީހުންގެ ވަނަވަރު ޔަހޫދީ ފައުޖުން ހާމަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 19 އަހަރުގެ ދެ މީހުންނާއި، 18 އަހަރުގެ މީހަކާއި 21 އަހަރު މީހެކެވެ. މި ހަތަރު ޔަހޫދީ ސިފައިންނަކީ ވެސް ސްޓާފް ސާޖަންޓް ރޭންކުގެ ތިން މީހުންނެވެ.

މިއާއިއެކު އިތުރު 10 ސިފައިން ޒަހަމް ވެފައިވާއިރު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ނޫސްތަކުން ރިޕޯޓްކުރެއެވެ.

ޔަހޫދީ ފައުޖުން ބުނީ މިހަމަލާގައި ޣައްޒާގެ ދެކުނުގެ ރަފާހް ސަރަހައްދުން 10 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ އެމީހުންނާއި އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށެވެ. 

މިކަމާއިގުޅިގެން ހަމާސް ޖަމާއަތުން ބުނީ، ކެރެމް ޝަލޮމް ކައިރީގައި އޮންނަ ބޯޑަރުގައި އިސްރާއީލުގެ ސިފައިން އެއްވެ ތިބި ތަނަކަށް ރޮކެޓް ހަމަލާ ތަކެއް ފޮނުވާލާފައިވާ ކަމަށާއި، ގިނަ ރޮކެޓްތައް އަމާޒުކޮށްފައިވަނީ ކެރެމް ޝަލޮމް ބޯޑަރު ހުރަސްކުރާ ހިސާބުގައި ސިފައިން އެއްވެފައި ތިބި ސަރަހައްދަކަށް ކަމަށެވެ. 

ހަމާސް އިން ހަމަލާދީފައިވާ ސަރަހައްދަކީ ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ރަފާހް އަށް އަރައިގަތުމަށްޓަކައި އެމީހުން ގެންގުޅޭ އަސްކަރީ ސާމާނު ބަލަހައްޓަމުން ދިޔަ ސަރަހައްދެކެވެ. އިސްރާއީލަށް އަންނަ ހަމަލާތައް އާއްމުކޮށް އެމީހުންގެ އަޔަން ޑޯމް އިން ހުއްޓުވި ނަމަވެސް މި ހަމަލާ ދިން އިރު އަޔަން ޑޯމް މަސައްކަތް ކޮށްފައެއް ނުވެއެވެ.

މި ހަމަލާއާއި އެކު މިހާތަނަށް މަރުވި އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ އަދަދު ވަނީ 267 އަށް އަރާފައެވެ.

ކޮމެންޓް
ކޮރަކަލި
އަލްހަމްދު ލިއްލާހި
07 May 2024
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.