ހީނާ ވަލީދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 May 2024 | 09:40
އެއްވެ އުޅުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ކުރިއަށް އޮތް މަޖިލީހުގެ ދައުރުގައި ހުށައަޅަނީ

އެއްވެ އުޅުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް 20 ވަނަ ދައުރުގައި ހުށައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ، އަންނަ މަޖިލިސް ފެށިގެން ދާއިރު އެއްވެ އުޅުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުގެ ވިސްނުން އެބަހުރި ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ  ޤާނޫނު އަސާސީން ލިބިދޭ ހުދޫދުގެ ތެރެއިން ހުރިހާ ފަރާތްތަކަށްވެސް އެއްވެ އުޅުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުން ކަމަށެވެ.

"ސަރުކާރުގެ ވިސްނުން އެބަހުރި އަންނަ މަޖިލީސް ފެށިގެންދާއިރު، އެ ޤާނޫނަށް އިސްލާހު ހުށަހަޅަން. ސަރުކާރުގެ އަމާޒަކީ ވީހާވެސް އެއްވެ އުޅުން ޤާނޫނު އަސާސީން ލިބިދޭ ހުދޫދުގެ ތެރެއިން ހުރިހާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލާފައި ބޭއްވުން. އަންނަ މަޖިލީހުގައި އެއްވެ އުޅުމުގެ ޤާނޫނަށް އިސްލާހު އިރާދަ ކުރެއްވިއްޔާ ހުށަހެޅިގެންދާނެ."

ހީނާ ވިދާޅުވިއެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ބަދަލު ގެނެސްފައިވަނީ 2016 ވަނަ އަހަރުއެވެ. އެއާއިއެކު،  މާލޭގައި އެއްވެ އުޅުމުގެ ފުރުޞަތު ވަނީ ވަރަށް ބޮޑަށް ހަނި ވެފައިވާއިރު، ފުލުހުންގެ ހުއްދައާއި ނުލައި މާލެ ސަރަހައްދު މިހާރު އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަން ފާހަގަކޮށްލަން ޖެހެއެވެ.

މިބަދަލު އުވާލުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންއިރު، އެމަނިކުފާނު ނިސްބަތްވާ އެމްޑީޕިގެ މެޖޯރިޓީ އޮތް މި ހިނގާ 19 ވަނަ މަޖިލީހަށް އެ އިސްލާހު އުވާލުމަށް 2019 ވަނަ އަހަރު ހުށައެޅި ނަމަވެސް އެ މަސައްކަތް އަދިވެސް ކުރިއަށް ގޮސްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން މި އިސްލާހު މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށް ރައީސްއޮފީހުން ހާމަކުރިއިރު، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޙިލީ ސަލާމާތާއި ފަންނިޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވެސް ވަނީ މާލެ ސަރަހައްދުގައި އެއްވެ އުޅެވޭނެ އިތުރު ތަންތަން ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.