ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް-- ފޮޓޯ: މަޖިލިސް
ހަބަރު
07 May 2024 | 10:36
އިސްރާއީލުން ރަފާހް އަށް އެރުން ރާއްޖޭގެ ފެންވަރުގައި ހުއްޓުވުމަށް ގޮވާލާ ކުއްލި މައްސަލައެއް!

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ރަފާހް އަށް އެރުން ހުއްޓުވުމަށް ރާއްޖެއިން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް މިއަދު މަޖިލީހަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށައަޅުއްވާފައިވަނީ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ.

އެގޮތުން ސަލީމް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބައިނަލްއަގުވާމީ ގާނޫނު ތަކާއި ހިލާފަށް އަދި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް މިލިއަން ބައެއްގެ އާދޭސް ތަކަށް ބެލުމެއްނެތި އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް އަށް އަރަން ތައްޔާރުވަމުންދާ ދިޔުމަކީ އެކަމުގައި މުޅި ދުނިޔެ އިންތިހާ އަށް ކަންބޮޑުވާ އެތައް ކަމެއް ހިމެނޭ އަދި އެކަމުގެ ސަބަބުން ރަފާހް ގައި މިހާރުވެސް ނިކަމެތި ހާލުގައި އުޅެމުންދާ އެތައް އާއްމުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމެއް ކަމަށެވެ.

މި އުދުވާނުގެ ސަބަބުން ރަފާހް ގައި ގަތުލުއާއްމެއް ހިނގާފާނެ ކަމުގެ ބިރުއުފެދިފައިވާ ކަން ފާހަގަކުރައްވާ ސަލީމް ހުށައެޅުއްވި މި ކުއްލި މައްސަލައިގައި ވަނީ އިސްރާއީލުން ހިންގަން އުޅޭ ޖަރީމާ އަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއްކަން ހާމަކޮށް، އިސްރާއީލު ސިފައިން ރަފާހް އަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

މި މައްސަލައާއި ގުޅޭ ގޮތުން ބަހުސް ކުރުމަށް ވޯޓަށް އެހުމުން މަޖިލީހަށް ހާޒިރުވެ ތިބި 23 މެމްބަރުންގެ ތެރެއިން 22 މެމްބަރުން ވަނީ މި މައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓް ދީފައެވެ. އަދި މި މައްސަލަ އާއި ގުޅޭ ގޮތުން އެއްވެސް މެމްބަރަކު ދެކޮޅަށް ވޯޓް ދީފައިނުވާއިރު، ވަކިކޮޅަކަށް ވޯޓް ނުދޭ މެމްބަރަކު ވެސް ނުވެއެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގައި ދިރުމެއް ނެތް ކަމަށާއި، ބަލިމަޑުކަން އާންމުވެ، އެކަމުގައި މަރުވެގެންދާ މީހުން ވެސް މަދެއް ނޫން އިރު އެހީ ހިފައިގެންދާ މީހުންނަށާއި ނޫސްވެރިންނަށް ވެސް ހަމަލާދެމުންދާ ކަމަށެވެ.

"ހުސްވި އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ގާޒާގައި ދިރުމެއް ނެތް. ބަލިމަޑުކަން އާންމުވެ، އެކަމުގަ މަރުވެދާ މީހުން ވެސް މަދެއް ނޫން. އެހީ ހިފައިގެންދާ މީހުންނަށް ވެސް ހަމަލާދެނީ. ނޫސްވެރިންނަށް ވެސް ހަމަލާދެނީ،"

ސަލީމް ވިދާޅުވިއެވެ.

މިއީ އަސްކަރީ ބައެއްގެ ދެމެދު ހިނގަމުންދާ ހަނގުރާމައެއް ނޫން ކަމަށާއި މި ހަމަލާތަކުގެ އަމާޒަކީ އާއްމު ރައްޔިތުންކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، އިސްރާއީލުން އަނެއްކާ ވެސް ވައިގެ މަގުން ޣައްޒާ ގެ އާއްމުނަށް ހަމަލާތައް ދޭނެ ފަށާފައިވާ ކަމަށާއި، މިހާތަނަށް ދިން ހަމަލާތަކުގައި 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 70،000 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާކަމަށެވެ.

ސަލީމްގެ އިތުރުން މި ބަހުސްގައި ބައިވެރިވެވަޑައިގެން މި ކުއްލި މައްސަލަ އަށް ތާއީދު ކުރައްވާ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ފަލަސްތީނުގެ މައްސަލަ އަކީ އެންމެ ތުއްތު އިރުވެސް އިވޭ ވާހަކަތަކަކަށް ވާއިރު، އެ މައްސަލަ އަދިވެސް ކުރިއަށްދާން ޖެހެނީ، ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުމުތަކުން މިކަން ކުރުމަށް ބޭނުންވާތީ ކަމަށެވެ.

މި ބާރުވެރި ގައުމުތަކުގެ މި އަމަލުތަކަށް ހިތާއި ދެކޮޅަށް ނަމަވެސް ނިކަމެތި ގައުމުތަކުން ތާއީދު ކުރަން ޖެހިފައިވާ ކަމަށާއި، މި ކުޑަކުޑަ ރާއްޖެ އަށް ވެސް ކުރެވޭވަރު ކަމަކީ އެކަން ކުށްވެރި ކުރުން ކަމަށާއި އެއަށް ވުރެ އިތުރަށް ކުރެވޭ ކަމެއް ނޯންނަ ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.

ބިގޭގެ އިތުރުންވެސް މި މައްސަލަ އާއި ގުޅިގެން ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ މެމްބަރު ސަލީމް ހުށައެޅުއްވި މި ކުއްލި މައްސަލައަށް ތާއީދުކުރައްވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.