ވީއައިއޭގެ ތެރޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ--
ހަބަރު
07 May 2024 | 12:17
ވީއައިއޭގައި މާރާމާރީ ހިންގީ ލަގެޖް ބަރުވެ، އިތުރަށް ފައިސާ ދައްކަން ބުނުމުން: ފުލުހުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބިދޭސީ އަކު މާރާމާރީ ހިންގީ އޭނާ ފުރަން ގޮސް ހުއްޓާ ލަގެޖް ބަރުވެ އެޔަށް އިތުރަށް ފައިސާ ދެއްކުމަށް ބުނުމުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެމެރިކާ އަށް ނިސްބަތްވާ އެމީހާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ އޭނާ ވަނީ މިހާރު ފުލުހުންގެ ބަންދަށް ގެނެސްފައި ކަމަށާއި، ބަންދު މުއްދަތު ޖެހުމަށް މިރޭ ކޯޓަށް ގެންދާނެ ކަމަށެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ މި މަރާމާރީގެ ވީޑިއޯއިން ފެންނަ ގޮތުގައި މި ބިދޭސީ މީހާ އެއާޕޯޓުގެ މުވައްޒަފުންތަކަކާ މާރާމާރީ ހިންގަނީ އިންޓަނޭޝަނަލް ޓާމިނަލްގެ ޗެކިން ކައުންޓަރު ކައިރީގައި އެވެ. 

އެގޮތުން އެއާޕޯޓު މުވައްޒަފަކާ ދެބަސްވުމަށް ފަހުގައި އޭނާގެ ބޮލުގައި ވަރަށް ބާރަށް އަތުން ޖަހާތަން ވީޑިއޯއިން ފެންނައިރު ޖެހުމާއެކު އެ މުއައްޒަފު ވަނީ އެތަނަށް ވެއްޓިފައެވެ. އެއާއިއެކު އެހެން ދިވެހި މުވައްޒަފަކު ބިދޭސީ މީހާ ކޮށްޕާލި ނަމަވެސް އޭނާއާއި ވެސް ހަމަނުޖެހުން ހިނގާ ވައްޓާލިއިރު، އިތުރު މުވައްޒަފުން އައިސް އެ މީހުން ދުރުކޮށް ބިދޭސީ މީހާ ވެސް އެތަނުން ދުރަށް ގެންދެއެވެ.

ކޮމެންޓް
ފާތުން
މިކަލޭގެ ދޫކޮއްގެންނުވާނެ
07 May 2024
ހހސހސހ
ތަންކޮޅެއް ފިޓްނެސް ލެވެލް ރަނގަޅު ކުރަން ޖެހޭ ސެކިއުރިޓީ ވެެއްޖިއްޔާ! އާނ ދެން އެކަކު ވެގެން ސެކިއުރިޓީ އެންމެން ބިންމައްޗަށް އެބަ ޖަހާ ނަގާލާ. ދެން އެތާ ތިބި އެހެން މީހުންނަށް ކޮން ރައްކަލެއް އޮތީ؟
07 May 2024
ލަކްސް
އެ މީހާ އެހާ ލުއިގޮތަކައް ފޮނުވާ ލެވިގެން ނުވާނެ. މީހުންގެ ގަޔައްބޮލަށް އެރީމަ ވާގޮތް ދައްކާލަން ޖެހޭނެ.
07 May 2024
އަބްލާހި
ތީ އެމެރިކާ އާއި އިންޑިޔާ މީހުންގެ ވައްތަރު
07 May 2024
Ali
މިހިސާބުން ނިޒާމުން ފޮހެލި ނަމަ މީނަ
08 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.