ޔަހޫދީ ފައުޖުގެ ޓޭންކަރުތައް ރަފާހްގައި ހަރަކާތްތެރި ވަނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
07 May 2024 | 13:41
އިސްރާއީލުގެ ޓޭންކަރުތައް ރަފާހް އަށް ވަދެގަނެ، ރަފާހްގެ ބޯޑަރުގެ ކޮންޓްރޯލް ނަގައިފި

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ފައުޖުގެ ޓޭންކަރުތައް ރަފާހް އަށް ވަދެގަނެ، ރަފާހްގެ ބޯޑަރުގެ ކޮންޓްރޯލް ނަގައިފިއެވެ.

ރަފާހް އަށް އަރާނެ ކަމަށް ޔަހޫދީން އިންޒާރު ދީފައިވާއިރު، އެމީހުން ވަނީ ރަފާހް ގައިބޯހިޔާވަހިކަން ހޯދަމުން އަންނަ 2.2 މިލިއަން މީހުން ރަފާހް ދޫކޮށް ދިޔުމަށްވެސް އަންގާފައެވެ.

އެފަދައިން އެންގުމަށްފަހު މީހުން ރަފާހް އިން ނުކުންނަން ފެށިނަމަވެސް، ގިނަ ބަޔަކަށް ނުކުތުމުގެ ފުރުސަތު ނުދީ ޔަހޫދީން ވަނީ ރަފާހް ގެ ސަރަހައްދަށް ހަމަލާތައް ދޭން ފަށާފައެވެ.

ޔަހޫދީ ފައުޖުން ޣައްޒާ އާއި މިޞްރާއި ދެމެދު އޮންނަ މި ބޯޑަރުގެ ކޮންޓްރޯލް ނަގާފައިވާއިރު، މިއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ހަމައެކަނި ދޮރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ޣައްޒާގެ ބޯޑަރު އޮތޯރިޓީގެ ތަރުޖަމާނު ވަނީ ރަފާހު ހުރަސްކޮށް އިސްރާއީލުގެ ޓެންކްތައް ހުރިކަން ކަށަވަރުކޮށްދީފަ އެވެ. އެއާއިއެކު އެ ސަރަހައްދުގައިއެހީ ފޯރުކޮށްދިނުމަށް ތިބޭ ފަރާތްތަކުން ބުނީ އެ ބޯޑަރު މެދުވެރިކޮށް ޣައްޒާއަށް ވަންނަމުން ދިޔަ އެހީ އެއްކޮށް ބަންދުވެފައިވާ ކަމަށެވެ.

ޔަހޫދީ ފައުޖުން ރަފާހް ގެ ގެތަކަށް ވެސް ވައިގެ ހަމަލާތައް ދެމުން އަންނައިރު، ފަލަސްތީނުގެ ސިއްހީ މަސައްކަތްތެރިން ބުނީ އިސްރާއީލުގެ ޓެންކްތަކާއި މަތިންދާބޯޓުތަކުން ރޭގައި ދިން ހަމަލާތަކެއްގައި ހަތަރު ގެއަކަށް ހަމަލާދީ ފަލަސްތީނުގެ 20 މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

ޔަހޫދީން ރަފާހް އަށް އަރައިގައިންފައިމިވަނީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވި، ހަމާސް އިން މިހަނގުރާމ ހުއްޓާލުމަށް އެއްބަސްވުމަށް ނިންމާފައިވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.