އެސްޓްރާޒެނެކާ އިން އުފެއްދި ވެކްސިން-- ފޮޓޯ: އެންޑީޓީވީ
ދުނިޔެ
08 May 2024 | 10:10
ލޭގަނޑުވާ ކަމަށް މައި ކުންފުނިން އެއްބަސްވި ކޮވިޝީލްޑް ވިއްކުން ހުއްޓާލަނީ

ކޮވިޑް 19 ގެ ބަލިމަޑުކަމާއި ދެކޮޅަށް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ޖެހުމުން ލޭގަނޑުވާ ކަމަށް އެއްބަސްވި، އެ ވެކްސިން ގެ މައި ކުންފުނި އެސްޓްރާޒެނެކާއިން ކޮވިޝީލްޑް ވެކްސިން ވިއްކުން ހުއްޓާލައިފިއެވެ. 

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ކުރިއެރުވި އަދި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ މި ވެކްސިން ވިއްކުން ހުއްޓާލުމަށް ނިންމީ ކޮވިޑް 19 އާއި ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިން ތައް ގިނަ ވުމާއި އެކު، ކޮވިޝީލްޑް އަށް ވުރެ ބޮޑަށް ތަރައްގީވެފައިވާ ވެކްސިން ތަކެއް މާކެޓަށް ނުކުތުމުންނެވެ.

 އެސްޓްރާޒެނެކާ އަށް ޔޫރަޕިއަން ޔޫނިއަންގައި ދީފައިވާ "މާކެޓިން އޮތޯރިޒޭޝަން" އަމިއްލަ އަށް އަނބުރާ ގެނެސްފައިވާއިރު، އެކުންފުނިން ބުނީ އެ ވެކްސިން އުފައްދައި ވިއްކުން ހުއްޓާލާފައިވާކަމަށެވެ.

 އެސްޓްރާޒެނެކާ މިފަދައިން ނިންމާފައިވާއިރު، އިނގިރޭސިވިލާތުގެ ކޯޓެއްގައި އެ ކުންފުންޏާއި ދެކޮޅަށް 100 މިލިއަން ޕައުންޑްގެ ދައުވާއެއް ކުރިއަށް އެބަ ދެއެވެ. އެގޮތުން މި ވެކްސިންގެ ސަބަބުން ކުރިމަތިވި ސިއްހީ މައްސަލަތަކަކާއި ގުޅިގެން 50 މީހުން ވަނީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުންފުންޏާއި ދެކޮޅަށް ދައުވާ ކޮށްފައެވެ.

އެކަމާއި ގުޅިގެން ކޯޓުގައި މި ކުންފުނިން ބުނީ މި ވެކްސިން ޖެހުމުގެ ސަބަބުން ލޭ ގަނޑުވުމާއި ލޭގައި ހުންނަންޖެހޭ ޕެލެޓްލެޓް ގެ މިންވަރު ދަށްވާ ހަލާތެއް ކަމަށްވާ ތްރޮމްބޮސިސް ވިތު ތްރޮމްބޮސައިޓޯޕެނިއާ ސިންޑްރޯމް ނުވަތަ ޓީޓީއެސް ފެނުމުގެ ފުރުސަތު ވަރަށް މަދުން ނަމަވެސް އެބައޮތް ކަމަށެވެ. އެ ކުންފުނިން ބުނީ  ޓީޓީއެސް އަކީ އެ ވެކްސިން ޖެހިޔަސް އަދި ނުޖެހިޔަސް ހަށިގަނޑުން ފެނިދާނެ ސިންޑްރޯމް އެއް ކަމަށާއި، އެ ވެކްސިނާއި ދެކޮޅަށް ކޯޓަށް ހުށައަޅާފައިވާ ކޮންމެ މައްސަލައެއްގައި ވެސް ތަޖުރިބާކާރުންގެ ހެކި ހޯދަން ޖެހޭ ކަމަށެވެ.

މި ވެކްސިންގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރި އެކަކު ބުނި ގޮތުގައި ވެކްސިން ޖެހުމަށްފަހު ސިކުނޑިއަށް ދާއިމީ ގޮތުން ގެއްލުން ލިބިފައިވާ ކަމަށާއި،އެކަމުގެ ސަބަބުން އޭނާ މަސައްކަތް ކުރުމަށް ހުރަސްތަކާއި ކުރިމަތިވި ކަމަށެވެ.

އިންޑިއާ އާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް 150 އަށް ވުރެ ގިނަ ގައުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މި ވެކްސިން ދީފައިވާއިރު މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ ކޮވިޝީލްޑުން މިފަދަ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.