ވީއައިއޭ ކައިރީގައި ޓެކްސީ ކިއު ހަދާފައި-- ފޮޓޯ: ސަން
ހަބަރު
08 May 2024 | 12:42
ވީއައިއޭ ގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ޓެކްސީތަކާއިމެދު ފިޔަވަޅު އަޅަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ޓެކްސީތަކާއިމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިއު އިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އިތުރުވަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށް ފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމާއި، މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާކަމުގެ ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

އެހެންކަމުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްއާއެކު މަސައްކަތް ކޮށް, ޓެކްސީ ތަކުގެ އަގުތައް ފަސޭހައިން ފެންނާނެ ފަދައިން އެއާޕޯޓުގައި ބޯޑުތަކެއް ހަރުކޮށް، ޓެކްސީގެ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކިއުއާރްކޯޑެއް ތައްޔާރުކޮށް އާއްމުކޮށްފައެވެ.

މި ކިއުއާރްކޯޑް މެދުވެރިކޮށް ޓެކްސީތަކާއި ޕްރައިވެޓް ހަޔަރގައި ޓެކްސީގެ ޚިދުމަތްދެމުންދާ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާކަން ފާހަގަކުރަމުން މިނިސްޓްރީން ބުނީ އެ މައްސަލަތައް ބެލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރެވުނުނަމަވެސް ބައެއް މައްސަލަތަކުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އާއްމުންގެ ޝަކުވާތައް އަދިވެސް ގިނަވަމުންދާތީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަމާ ގުޅޭ މުވައްސަސާތަކާއެކު ބައްދަލުކޮށް  މިކަން މެނޭޖުކުރާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލަވާލާފައެވެ.

މިގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށައި ގަވާއިދާ ޚިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާމެދު ވަނީ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށާއި ގަވައިދާ ހިލާފަށް ޓެކްސީކުރުމުގައި ހަރަކާތްތެރިވާ ބިދޭސީންނާ މެދު ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މި ޕްލޭންގެ ދަށުން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިއްބެ
ގިނައިން ޓެކްސީ ކުރަނީ ފުލުހުން. ދެން މިކަން ހައްލުކުރެވޭނެ. ޓެކްސީ ކުރާ ފުލުހުން ނާއި އިތުރު މަސައްކަތުގައި އަމަލީ ގޮތުން އުޅޭ ފުލުހުން ވަޒީފާއިން ކަނޑާލުމަށް ގޮވާލަން
08 May 2024
މހނ
ޓްރާސްޕޯޓް މިނިސްޓްރީއިން ޓެްސީގެ މަސްއަލަ ހައްލަކައް އަޅުވަން ކުރައްވާ މަސައްކަތައް މަރުހަބާ ދަންނަވަން
08 May 2024
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް