މާލޭ ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އިމާރާތް ކުރުމާބެހޭ ވުޒާރާ
ހަބަރު
09 May 2024 | 09:21
މާލޭގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަޝްވަރާކޮށްފި

މާލޭގައި ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ޓެކްނިކަލް ޓީމުން ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އާއި، އެމްއެންޑީއެފްގެ އިސް ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

މާލޭ ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އިމާރާތް ކުރުމާބެހޭ ވުޒާރާ

މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކުހެން، މަގު ތަކުގައި ފެން ބޮޑުވެ، ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުން ތަކެއް އާއްމުންނަށް ވެއެވެ. އޭގެ ސަބަބުން ވަގުތީ ހިޔާތަކަށްވެސް މީހުން ބަދަލު ކުރަންޖެހެއެވެ. 

މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސް ވަރަކަށް ވާއިރު، ކުރިއަށް އޮތް 4 ވަރަކަށް ހަފްތާފައިވެސް ވިއްސާރަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އުދާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން، ވާރޭ ވެހި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ކުރިއާލާ ތައްޔާރު ވުމަށް ކަމާ ބެހޭ އިދާރާ ތަކުގެ މިފަދަ މބައްދަލުވުން މުހިންމެވެ. 

މި މައްސަލާގައި މީގެ ކުރިން ރައީސް ޑރ މުހައްމަދު މުޢިއްޒު ވަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުން ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
އަލިފާންކަނި
މީގެކުރިން އެމަސައްކަތްތައްކުރިއިރު ކޮއްފަވަނީ ނަމަކަން ހާމަވެއްޖެ.
09 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.