އަލް ޝިފާ ހޮސްޕިޓަލުން ފެނުނު ކަށްވަޅުން ހަށިތައް ނަގަނީ-- ފޮޓޯ: ޓައިމްސް އޮފް ޣައްޒާ
ދުނިޔެ
09 May 2024 | 14:19
ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން އަނެއްކާވެސް ކަށްވަޅެއް!

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން ތިން ވަނަ ކަށްވަޅެއް ފެނިއްޖެއެވެ.

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ މި ކަށްވަޅުން މިހާތަނަށް 49 ހަށިގަނޑު ފެނިފައިވާ ކަމަށާއި، އެތަނުން ބައެއް ހަށިގަނޑުތައް ފެނުނުއިރު ބޯ ވެސް ނެތް ކަމަށެވެ.

އެ އޮފީހުން އިތުރަށް ބުނީ އެ ކަށްވަޅުން އަދިވެސް އިތުރު ހަށިގަނޑުތައް ހޯދަމުން އަންނަ ކަމަށާއި އެ މަސައްކަތް އަދިވެސް ނުހުއްޓޭ އިރު، އަދިވެސް އިތުރު ހަށިގަނޑުތައް ފެންނާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސިވިލް ޑިފެންސް ޓީމުތަކުން ދަނީ ޔަހޫދީންގެ ހަމަލާތަކުން ގެއްލުން ލިބިފައިވާ މެޑިކަލް ފެސިލިޓީން ފެނުނު ކަށްވަޅުން ހަށިގަނޑުތައް ނަގާ ބަލަން ޖެހޭ ބެލުންތައް ބަލަމުންނެވެ.

އަލަށް މި ފެނުނު ކަށްވަޅާއިއެކު ޣައްޒާގެ ތިން ހޮސްޕިޓަލަކުން މިވަނީ ޖުމްލަ 7 ކަށްވަޅު ފެނިފައެވެ. އެ ތަންތަނުން ގާތްގަނޑަކަށް ގާތްގަނޑަކަށް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 520 ހަށިގަނޑު ވަނީ ފެނިފައެވެ.

މިދިޔަ އޭޕްރިލް މަހު ޔަހޫދީ ފައުޖުން އަލް ޝިފާ ހޮސްޕިޓަލުން ނުކުމެފައިވާއިރު، ހަމަ އެމަހު އެ ހޮސްޕިޓަލުން ވަނީ ފުރަތަމަ ކަށްވަޅު ފެނިފައެވެ. އެއާއިއެކު އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އދ އިން އެންގިއެވެ.

މި ތަހުގީގުގެ ރިޕޯޓާއި ގުޅިގެން އދ ގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނީ މި ރިޕޯޓުން ހާމަވެގެން ދިޔައީ "ފިތްކަނޑައިގެންދާ ފަދަ" ވާހަކަތަކެއް ކަމަށާއި، އަނިޔާ ކުރުމާއި، ދިރިހުއްޓާ ވަޅުލުން ފަދަ ލާއިންސާނީ އަމަލުތައް ހާމަވެގެން ދިޔަ ކަމަށެވެ.

ޝިފާ ހޮސްޕިޓަލުން މި ކަށްވަޅު ފެނިފައިވަނީ ޔަހޫދީ ފައުޖުން ރަފާޙް އަށް އަރައިގަނެ ޣައްޒާ އާއި މިޞްރާއި ދެމެދު އޮންނަ ބޯޑަރުގެ ކޮންޓްރޯލް ނަގައި ރަފާހަށް ހަމަލާތައް އަމާޒުކޮށްފައިވަނިކޮށްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.