އެސްޓީއޯ ސްމާޓް ސްޓޯރ-- ފޮޓޯ: އެކި
ވިޔަފާރި
09 May 2024 | 16:09
އެސްޓީއޯ ސްމާޓް ސްޓޯރ އިން މިހާރު 24 ގަޑިއިރު ހިދުމަތް ލިބޭނެ!

ހުޅުމާލޭގައި ހުންނަ އެސްޓީއޯ ސްމާޓް ސްޓޯރ އިން މިހާރު 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މިދިޔަ އަހަރު ހުޅުވި މި ސްޓޯ މީގެ ކުރިން ރޭގަނޑު 10:00 އަށް ފަހު ބަންދު ކުރި ނަމަވެސް އެސްޓީއޯ އިން ބުނީ މިހާރު އެ ފިހާރައިން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.

މި ފިހާރައަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ އާޓިފިޝަލް އިންޓަލިޖެންސްގެ ވިޝަންއާއި، އައިއޯޓީ ބޭނުންކޮށްގެން ކޭޝިއަރަކާއި ނުލައި ކަސްޓަމަރު ވިޔަފާރިކޮށް ނިންމާލެވޭނެ ޕްރޮސެސް އެކުލެވޭހެން ނިއު އެމާޖިންގ 2 ޓެކްނޮލޮޖީއެއް ވަނީ ބޭނުންކޮށްފައިވާ ކަމަށެވެ.

 އެޕް ސްޓޯރ އާއި ޕްލޭ ސްޓޯރއިން ޑައުންލޯޑް ކުރެވޭ ހާއްސަ އެޕްލިކޭޝަނަކުން މި ފިހާރައިން ވިޔަފާރި ކުރެވޭއިރު، ފިހާރައަށް ފޯނުން ކިއުއާރު ކޯޑު ސްކޭން ކޮށްގެން ވަދެވޭއިރު، އެއާއިއެކު ފޭޝިއަލް ރިކޮގްނިޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުޞަތުވެސް އެސްޓީއޯއިން ވަނީ ފަހި ކޮށްދީފައެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ފިހާރައިން ނިކުންނައިރު ފައިސާ ކެނޑޭއިރު، ޝިއަލް ރިކޮގްނިޝަން ހަދާފައިވާ ފަރާތްތަކަށް ފޯނު ނެތްނަމަވެސް ވިޔަފާރި ކުރެވޭނެއެވެ. އެއާއިއެކު އެސްޓީއޯ ސްމާޓް ސްޓޯރ އިން ވިޔަފާރި ކޮށްގެން ނުކުންނަތާ މަދުވެގެން 10 ނުވަތަ 15 ސިކުންތުގެ ތެރޭގައި ފައިސާ ރަސީދު ވެސް ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.