ޣައްޒާ އަށް އެހީ ހިފައިގެން އައި އުޅަނދެއްގެ ކުރިމަތީގައި ޔަހޫދީ ސިފައިން ތަކެއް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
09 May 2024 | 17:17
ޣައްޒާގެ ބޯޑަރު ހުޅުވާލިކަމަށް ޔަހޫދީން ބުނިނަމަވެސް އދ އިން ބުނަނީ އެއްވެސް އެހީއެއް ނުވެއްދޭ ކަމަށް!

ޣައްޒާ އަށް އެހީ ވެއްދުމަށް ބޭނުންކުރާ މައި ބޯޑަރެއް ކަމަށްވާ ކެރެމް ޝަލޮމް އަލުން ހުލުވާލި ކަމަށް އިއްޔެ ޔަހޫދީން ބުނި ނަމަވެސް އަދިވެސް އެ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެހީ ވެއްދިފައި ނުވާ ކަމަށް އދ އިން ބުނެފިއެވެ.

ޔަހޫދީ ފައުޖުން ކެރެމް ޝަލޮމް ބޯޑަރު ފުރަތަމަ ބަންދު ކުރީ ހަމާސް އިން އެމީހުންނަށް ހަމަލާދީ 4 ސިފައިން މަރާލުމާއި ގުޅިގެންނެވެ. އޭގެ ފަހުން އެމީހުން ރަފާހް އަށް އަރައިގަނެ ބޯޑަރުގެ ކޮންޓްރޯލް ނެގުމާއި ގުޅިގެން އެތަނުން އެހީ ވެއްދުން ވަނީ އެއްކޮށް ބަންދުވެފައެވެ. އެއާއިއެކު ޣައްޒާގައި ދިރިއުޅެމުންދާ 2.3 މިލިއަން އާއްމުންނަށް ވަނީ ބޯފެނާއި ކާނާ އާއި ސިއްހީ ތަކެތި ފަދަ އެހީތައް ލިބުމުން މަހުރޫމް ވެފައެވެ.

އދ އިން މިފަދައިން ބުނެފައިވާއިރު، ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވަނީ ތިން ދުވަހުގެ ތެރޭގައި ޣައްޒާގެ ހޮސްޕިޓަލް ތަކުގައި ބޭނުންކުރާ ތެޔޮ ހުސްވާނެ ކަމަށް އިންޒާރު ވެސް ދީފައެވެ. މުޅި ދުނިޔެއިން އިންޒާރު ދެމުންދަނިކޮށް ޔަހޫދީން ރަފާހް އަށް އަރައިގަތުމަކީ ޣައްޒާ ގައި ކުރިއަށްދާ އެހީގެ އޮޕަރޭޝަން ތަކާއި މިހާރު ފޯރުކޮށްދެމުން އަންނަ އިންސާނީ އެހީ އެއްކޮށް ހުއްޓޭނެ ކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޔަހޫދީން ރަފާހް އަށް އެރުމާއި އެކު އެމެރިކާއިން ހައްދުފަހަނަ އަޅާފައިވާ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑާލާނެ ކަމުގެ އިންޒާރުދީފައިވާއިރު، ގަތަރާއި މިޞްރުން އަދިވެސް އަންނަނީ ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވުމަކަށް ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.