ރޮބޮމޭން-- ފޮޓޯ: އެންސީއޭ
ލައިފްސްޓައިލް
11 May 2024 | 09:56
"ރޮބޮމޭން- ދި މޫވީ" އަށް އައު މޫނެއް ހޯދަނީ، އޮޑިޝަން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަނީ!

އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ އާ ޕްރޮޖެކްޓް "ރޮބޮމޭން- ދި މޫވީ" އަށް އޮޑިޝަން ކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

މުޅި ރާއްޖެ އަށް އޮޑިޝަން ކުރުމުގެ ފުރުސަތު ހުޅުވާލައިގެން އުފެއްދުމަށް ހަމަޖެހިފައިވާ މިފިލްމަށް އާ މޫނެއް ބޭނުންވާ ކަމަށް ފިލްމް އުފައްދާ ފަރާތުން ބުނެފައިވާއިރު، އެފަރާތުން އިތުރަށް ބުނީ މިއީ މަހުދީގެ އުފެއްދުންތެރި ސްކްރީން ޕްލޭގެ މައްޗަށް ބިނާ ކޮށް އުފައްދާ ފިލްމެެއް ކަމަށެވެ.

ރާއްޖޭގެ ކުދި ބޮޑު އެންމެންގެ ލޯބި ހޯދާފައިވާ ރޮބޮމޭން ކެރެކްޓާގެ މައްޗަށް ބިނާކޮށް ކެންޑި އާއި މުންކޯ ޑައިރެކްޓް ކުރާ މި ފިލްމަކީ ފޯރިގަދަ ފިކްޝަނަލް އެޑްވެންޗަރ އެއް ހިމެނޭ ފިލްމަކަށްވާއިރު، މިއީ ދިވެހި ސިނަމާ އަށް ކުރިއެރުން ގެނެސްދޭނެ ފިލްމެއް ކަމަށް އެފަރާތުން ބުނެއެވެ.

ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެކަށީގެންވާ ގޮތަށް ޚިޔާލީ ވާހަކަތަކަށް ބިނާކޮށް އުފައްދާ "ރޮބޮމޭން- ދި މޫވީ" އަށް އޮޑިޝަން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، ފިލްމު އުފައްދާ ފަރާތުން ވަނީ އޮޑިޝަން އާއި ބެހޭ އިތުރު މައުލޫމާތު ތައް ހިއްސާ ކުރާނެ ކަމަށާއި، ރާއްޖޭގެ ކުދިބޮޑު އެންމެން ވެސް މި ޝައުގުވެރި ފިލްމަށް އިންތިޒާރު ކުރަމުން ދިޔުމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ