ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ އަލީ ހައިދަރު އަހުމަދު
ހަބަރު
10 May 2024 | 16:26
ލަފާކުރެވެނީ މި އަހަރު ނިމޭއިރު ގޯތި ލިބިފައިވާ ހުރިހާ ފަރާތަކަށް ގޯތިތައް ހަވާލުކޮށް ނިމޭނެކަމަށް: ޑރ. ހައިދަރު

މި ހިނގަމުންދާ 2024 ވަނަ އަހަރު ނިމޭއިރު، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކަށް ގޯތި ހަވާލު ކުރެވޭނެ ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ އަލީ ހައިދަރު އަހުމަދު ރޭ ވިދާޅުވެއްޖެއެވެ.  

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައި އިރު، ހުޅުމާލެ އާއި، ގިރާވަރު ފަޅާއި، ގުޅިފަޅުން ވަރަށް ގިނަ ގޯތިތައް ދެވިފައިވާ ކަމަށެވެ. އަދި އެ ގޯތިތައް ދީފައިވަނީ އެ ސަރަހައްދު ތަކަށް “އެކަށީގެންވާ ވަރަށް ވުރެވެސް ގިނައިން” ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭރު ހަދާފައި އޮތީ، އާބަން ޕްލޭނިންގ މިން ގަޑަކުން ބަލާއިރު އެކަށިގެންވާ ޕްލޭންތަކެއް ނޫން. ހަމަ ގޮޅިތަކެއް ޖަހާލާފައި ގޯތި ދީފައި އޮތީ އިނގޭތޯ. މިސަރުކާރުން އައީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރަށްވެސް ވަކި ތަސައްވަރު ތަކަކާއެކު. އެކަމަކު އެ ޕްލޭން ތަންފީޒުކުރަން ވަރަށް އުނދަގޫވި ހުރިހާ ފަރާތަކަށް (އެގޮތަށް) ގޯތި ދޫކޮށްފައި ހުރުމުން. ދެން ގޯތި ދޫކުރާނަން. ރައީސް ވައުދުވެވަޑައިގެންފައި އޮތީ އެ ދޫކުރި ސަރަހައްދުން ގޯތި ދޫކުރާނެ ކަމަށް. އެކަންތައް ކުރާނަން އަޅުގަނޑުމެން

ޑރ ޢަލީ ހައިދަރު އަހުމަދު

ހައިދަރު ވިދާޅުވީ މިހާރުވެސް ހުޅުމާލެއިން ގޯތިތައް ދޫކުރެވެމުންދާ ކަމަށާ، ގުޅިފަޅާއި ގިރާވަރު ފަޅުންގެވެސް ހިއްކާ ނިމިފައި ހުރި ސަރަހައްދު ތަކުން ވަރަށް އަވަހަށް ގޯތިތައް ދޫކުރަން ފަށާނެ ކަމަށެވެ. އަދި އެ ހުރިހާ ސަރަހައްދެއް ހިއްކައި ނިންމައި، މިއަހަރު ނިމޭއިރު ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ގޯތި ހަވާލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ހުރިހާ ފަރާތްތަކަށް ދެވޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ ހުރިހާ ބިމެއްވެސް ހިކި ނިމުނީމަ. މިހާރު އެދަނީ މަސައްކަތް ކުރަމުން ހުޅުމާލޭ ފޭސް 3 އާއި، ގިރާވަރުފަޅާ ހިއްކަމުން. އެހެން ނަމަވެސް ގުޅީފަޅުގައި ދެން ހިއްކަން އޮތީ ވަރަށް ފުން ސަރަހައްދަކަށްވާތީ އެކަން ފަށައި ނުގަނެވިގެން މިއުޅެނީ. އެހެން ނަމަވެސް ވަރަށް އަވަހަށް ފެށިގެން އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި އެ މަސައްކަތް ނިންމާ ހުރިހާ އެންމެނަށް ހަވާލު ކުރެވޭނެ ކަމަށް އަޅުގަނޑު ކުރަނީ

ޑރ ޢަލީ ހައިދަރު އަހުމަދު

މީގެ އިތުރުން ހައިދަރު ވިދާޅުވީ، ގިރާވަރު ފަޅާއި ގުޅިފަޅު އަދި ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތްވެސް މަޑުޖެހިގެން ގޮސްފައިވަނީ މޫސުމީ ބައެއް ބަދަލުތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން، ހޫނު ވުމުގެ ސަބަބުން މޫދުގައި ހުންނަ ގައު ހުދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާ، އެ ސަބަބާ ހުރެވެސް ބިންހިއްކުން މަޑު ޖައްސާލަން ޖެހުނު ކަމަށެވެ. 

ކޮމެންޓް
އިއްބެ
މަނިކުފާނުގެމަސައްކަތްޕުޅުހާދަސުލޯއެވެ ބަޔަކުނިންމާފައިއޮތްކަމެއް 1 އަހަރުންނުނިމުމަކީ ކަމެއްނުކުރެވޭކަމުގެހެއްކެއް
10 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.