ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ އަލީ ހައިދަރު އަހުމަދު: ފޮޓޯ/ ވޮއިސް
ހަބަރު
10 May 2024 | 19:15
4000 ފުލެޓް ދޭ މީހުން ކަނޑައެޅޭނީ އޭސީސީން ފާހަގަކުރި ކަންކަމަށް ބަލައި ލިސްޓް ފިލްޓަރ ކުރުމަށްފަހު: ޑރ ހައިދަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ފުލެޓް ލިބޭ މީހުން ކަނޑައެޅޭނީ ފުލެޓް ލިސްޓާއި ގުޅޭ ގޮތުން އޭސީސީން ފާހަގަކުރި ކަންކަމަށް ބަލައި ލިސްޓް ފިލްޓަރ ކުރުމަށްފަހު ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢަލީ ހައިދަރު އަޙްމަދު ރޭ ވިދާޅުވެއްޖެއެވެ. 

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި، ކުރީ ސަރުކާރުން ފުލެޓް ދިން އެއްވެސް ފަރާތަކަށް ފުލެޓް ނުދޭން މި ސަރުކާރުން ނިންމާފައިވޭތޯ އާއްމުންގެ ފަރާތުން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވަނީ ލިސްޓުގައި ހިމެނޭ އެއްވެސް ފަރާތަކަށް ފުލެޓް ނުދޭން ނިންމާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. 

އެހެން ނަމަވެސް، 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ ގާތްގަނޑަކަށް 20 އިންސައްތަ މީހުންގެ ކަމަށާ އަނެއް 80 ވަރަކަށް އިންސައްތަ މީހުންގެ ޝަރުތު ހަމަ ނުވާ ކަމަށް އޭސީސީގެ ތަހުގީގުން އެނގޭއިރު، ތަހުގީގަށްފަހު އޭސީސީން ފާހަގަކުރި ކަންކަމަށްވެސް ފުލެޓް ހަވާލުކުރުމުގެ ކުރިން ރިޢާޔަތް ކުރަންޖެހޭ ކަމަށް ހައިދަރު ވިދާޅުވިއެވެ. 

އެހުރިހާ އެންމެން/ ޝަރުތުހަމަނުވާ އެންމެންނަކީވެސް ގެދޮރަށް ބޭނުންވެފައި ތިބި މީހުންކަން އެބައެނގޭ ފުލެޓް ހޯދަން ފޯމް ހުށަހެޅީމަ. އެހެންވީމާ އަޅުގަނޑުމެންގެ ބޭނުމަކީ ވީހާވެސް އިންސާފުވެރިކޮށް ކުރީ ސަރުކާރުން އެކުލަވާލި އުސޫލުތަކަށް ފެތޭ ގޮތަށް ބަޔަކު ހޮވުން. އެ 4000 ފުލެޓު ލިބުނު މީހުން އިންސާފުވެރިކަމާއެކު ހޮވޭނީ، ކަނޑައެޅިފައިވާ ޝަރުތުތަކަށް ފެތޭ، ކަނޑައެޅިފައިވާ ގޮތަށް ޕޮއިންޓް ލިބޭ، ބަޔަކު ހޮވިގެން

ވަޒީރު ޑރ ޢަލީ ހައިދަރު އަޙްމަދު

މިއާައެކު ހައިދަރު ވިދާޅުވީ، ފުލެޓް ދިން ގޮތާއި ގުޅޭގޮތުން އޭސީސީން ހެދި ތަހުގީގަށްފަހު، އެ އިދާރާއިން ފާހަގަކުރި ކަންކަމަށް ބެލުމަށްފަހު ފުލެޓް ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ. 

އެކަން އެންމެ އިންސާފުވެރިކަމާއެކު އަޅުގަނޑުމެންނަށް ކުރެވޭނީ، އެ މައްސަލަ ބަލައި، އޭސީސިން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކޮށް، އަޅުގަނޑުމެން ކުރަންޖެހޭ ކަންކަންކޮށް ނިންމާފައި، އޭގެން ފިލްޓަރ ކޮށްގެން އަޅުގަނޑުމެންނަށް މި ހޮވޭ ބަޔަކު ކަނޑައެޅޭނީ. ކަނޑައެޅުމުގެ މާނައަކީ ދެންތިބި (ޝަރުތު ހަމަނުވާ މީހުން) އަށް ފުލެޓް ނުލިބޭނެއެކޭ ނޫން. އެހެން ނަމަވެސް ދެން ފެށޭ މަޝްރޫއަކުންވެސް ހުރިހާ އެންމެނަށްވެސް ބޯހިޔާވަހިކަން ހޯދައިދިނުން ސަރުކާރުގެ ސިޔާސަތަކީ. 

ވަޒީރު ޑރ ޢަލީ ހައިދަރު އަޙްމަދު

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓަށް 21،000 މީހުން ކުރިމަތިލިއިރު، އޭގެ ތެރެއިން 12،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ވަނީ ކުރީ ސަރުކާރުން ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައި، އެ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފައެވެ.

އޭސީސީ ވަނީ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި މީހުންގެ ފޯމުތައް 12 ކެޓަގަރީއަކަށް ބަހާލައިފައިވާ ކަމަށް މަޖިލީހުގެ ކޮމިޓީގައި ހާމަކޮށްފައިއެވެ. އެއީ:

1. 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނެތުން.

2. 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ސިޓީ، ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓަގްރޭޓްކޮށްފައިވާ ޑޭޓާބޭސްއިން، ލިބެންހުރި މައުލޫމާތުތަކާ ފުށުއެރުން.

3. 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް ގޭގެއިންނާއި ކުންފުނިތަކުން ދޫކޮށްފައިވާ ލިޔެކިޔުންތައް، ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓަގްރޭޓްކޮށްފައިވާ ޑޭޓާބޭސް އިން ލިބެންހުރި މައުލޫމާތުތަކާ ފުށުއެރުން.

4. 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅުކަން ސާބިތުކުރެވޭ ވަރަށް ލިޔެކިޔުން ހުށަހަޅާފައި ނެތުން.

5. މައި އެޕްލިކަންޓް ނުވަތަ ކޯ އެޕްލިކަންޓަށް ސޯޝަލް ހައުސިން ކުރިން ލިބިފައިވުން.

6. 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ހަމައެކަނި ކައުންސިލްގެ ލިޔުމެއް ހުށަހަޅާފައިވުން.

7. 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ހަމައެކަނި މާލޭގެ ގޭގޭގެ ލިޔުން ހުށަހަޅާފައިވުން.

8. ރިސޯޓުގައި މަސައްކަތްކުރި ނަމަވެސް މެދުނުކެނޑި 15 އަހަރު މާލޭގައި އުޅުނު ކަމުގެ ލިޔުން ހުށަހަޅާފައިވުން.

9. ޝަރުތު ހަމަވާ ކަމަށް ބަލާ މުއްދަތުގެ ތެރޭގައި ތައުލީމު ހާސިލުކުރަމަށް ރާއްޖެއިން ބޭރަށް ދިޔަ މީހުން މެދުނުކެނޑި މާލޭގައި އުޅުނު ކަމަށް ލިޔުން ހުށަހަޅާފައިވުން.

10. ކުންފުނި ވުޖޫވުމުގެ ކުރިން ކުންފުނީގައި މަސައްކަތްކުރާ ކަމަށް ބުނެ ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވުން.

11. މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީ 60،000ރ. އަށް ވުރެ ބޮޑުވުން.

12. ޝަރުތު ފުރިހަމަވި ނަމަވެސް، ޕޮއިންޓް ދިނުމުގައި އިތުރު މައްސަލަތައް ހުރި ކަމަށް ފާހަގަވާ ފޯމުތައް.

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ގާތްގަނޑަކަށް ދެމަސްދުވަސް ވަންދެން ކުރިއަށް ގެންދިޔަ މި ތަހްގީގަށްފަހު، 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީ އަށް ހުއްދަ ދީފައެވެ.

ކޮމެންޓް
އަލީބާ
އަސްލު މި ސަރުކާރުން ވީ އަލުން ލިސްޓް ނަގަން.. ބޭއިންސާފުން ގިނަބަޔަކު ކަޓުވައިލީ..
10 May 2024
ޙުސައިން
މިސަރުކާރުން ބައެއްމީހުންނަށް ފުލެޓްދީ އެގްރިމެންޓުގައި ސޮއިކޮށްފި.
10 May 2024
މަގޭ ކޮމެންޓު
މައޮންނާނެ 20 އަހަރު މާލޭގަހުރި އެންމެ ބޮޑު އެއްކުފުނީގެ މާލޭ އޮފީހުގަ އުޅޭ ކަމުގެ ލިޔުން ހުށައަޅާފަ 2 ފަހަރު ފޮނުވީމަވެސް ރީނދޫ ބައިގަނޑަށް ފެންނަ ގޮތެއް ނުވޭ މަށައްވެސް ލިބެންވާނެ ހައްގު ނުވާ ބަޔަކަށް ދީގެން ނުވާނެ
11 May 2024
ގުޅޭ ލިޔުންތައް
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
02 Jul 2026
ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރާ ބިލް ތަސްދީޤުކުރައްވައިފި
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ -/4 (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
02 Jul 2026
ހިތަދޫ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އަމުރުގައި ބުނެފައިވާގޮތުން، އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ.
02 Jul 2026
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
މިކަން އިޢުލާން ކުރެއްވީ އިއްޔެ އދ. ގެ މައި މަރުކަޒުގައި ބޭއްވި "ޔޫއެންއާރުޑަބްލިއު ޕްލެޖިންގ ކޮންފަރެންސް" ގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދެވެ.
02 Jul 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ، އިފްތިތާހުކޮށްފި
މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރާ މުހިއްމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ޙަރަކާތެކެވެ.
02 Jul 2026
ސައިކަލެއް އިސްލާމިކް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓެއް
މި ހާދިސާ ހިނގަން މެދުވެރިވީ ޕާކިންގ ޒޯނުން ސައިކަލު ނެރެން އުޅުމުގެ ތެރޭގައި، އޮޅިގެން ރޭސްމުގަނޑަށް އަނބުރާލެވި، ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހިގެންނެވެ.
02 Jul 2026
ސިކުނޑީގެ ސީޓީ ސްކޭނުން ފެނުނީ 38 ފަންޏާއި ފަނި އަޅާފައިވާ ބިސް
މި ހާދިސާ ހިނގާފައިވަނީ ލޯރީ 2007 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރަކަށްފަހުގައެވެ. ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި އެ ދަތުރުގައި އޭނާ މަސްކެއުން ހުއްޓާލައިގެން ހުރި ނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑަށް މި ފަނިތައް އެތެރެވީ އޭނާ ކެއި އޫރުމަހުގައި ފަނި އަޅާފައިވާ މައިކްރޯސްކޯޕިކް ބިސްތަކެއް ހުއްޓާ އެ ކެވުމުގެ ސަބަބުންނެވެ.
02 Jul 2026
ދަރިންނަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯ ރަސްދޫ ކޯޓުން އާއްމުކޮށްފި
މި މައްސަލައިގައި ކޯޓުން މަޢުލޫމާތު ހާމަކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބު އެވެ.