މެޑިކަލް ސްކޫލް: ފޮޓޯ/އެމްއެންޔޫ
ހަބަރު
11 May 2024 | 11:38
މެޑިކަލް ސްކޫލަކާއި ޓީޗިންގ ހޮސްޕިޓަލެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ގައުމީ ޔުނިވަސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ޤައުމީ ޔުނިވަސިޓީން ކުރި އިޢުލާން ގައި މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލްގެ އިތުރުން ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންގެ ހުޅުމާލޭގައި އިމާރާތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މިއަންނަ ޖޫންގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައެވެ. 

ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ތެރެއިން މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައި ވަނީ ޔުނިވަސިޓީން ދޭ ޑިޒައިނާ އެއްގޮތަށެވެ. އަދި ސްކޫލް އޮފް ނާސިން އާއި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި ވަނީ ޑިޒައިންނާއި ބިލްޑް އުސޫލުގެ ދަށުންނެވެ.

މި ދެ މަޝްރޫއުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ޖޫން މަހު 24 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެމްއެންޔޫއިން ބުނެފައިވާ ގޮތުން، މެޑިކަލް ސްކޫލް ޤާއިމުކުރާނީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައިދެވޭނެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އަދި ޓީޗިންގ ހޮސްޕިޓަލް ތަރައްޤީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއްގޮތަށް، ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާއެކުކަމަށެވެ. މި ދެ ތަންވެސް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އަދި މި 2 ތަނަށް 5700 އަކަ މީޓަރުގެ ސަރަޙައްދެއް ހުޅުމާލެއިން ހަމަޖެހިފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ބުންޏެވެ.

މީގެ އިތުރުން މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް ފަރުމާކޮށްފައި ވަނީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުން ކަމަށާ، އެތަން އިމާރާތް ކުރަނީ މެޑިކަލް ޓޫރިޒަމަށްވެސް މަގުފަހިވާގޮތަށް ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ. އަދު މި ސްކޫލާއި ހޮސްޕިޓަލުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެކޮމޮޑޭޝަން ބްލޮކެއް ވަކިން ހުންނާނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ހުޅުމާލޭގެ 69912.28 އަކަ މީޓަރުގެ ސަރަހައްދެއްގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތެއްގައި ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންއަށް ވަކިވަކިން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ތަނުގައި އެކަމަޑޭޝަން ބްލޮކްއާއި ކުޅިވަރު ކުޅުމަށް ޚާއްސަ ސަރަޙައްދަކާއި ކޮންފަރެންސް ހޯލްފަދަ ދަރިވަރުންނަށް މުހިއްމު ތަންތަން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޔުނިވަސިޓީން ބުނެފައިވެއެވެ.

މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލްގެ ބިންގާ މި އަހަރުގެ ތެރޭ އަޅާ، ކުރިއަށް އޮތް 2 އަހަރާއި ބައިގެ ތެރޭގައި މަސައްކަތް ނިންމާ ދަރިވަރުންނަށް އެތަނުން ކިޔެވުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. 

އެމްއެންޔޫގެ މެޑިކަލް ސްކޫލުގައި މިހާރު 300 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

ކޮމެންޓް
ރަށް ރަށުން
މެޑިކަލް ސްކޫލް ރާއްޖޭގެ އެހެން ރަށެއްގައި ނާޅަންވީ ކީއްވެ އެރައްރަށުގައި ބިން އެބައޮތް...މާލެ ނޫންގޮތެއް ހަމަނެތީތާދޯ...؟؟؟؟؟؟
11 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.