އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ މިރާ
ހަބަރު
12 May 2024 | 13:27
ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުތައް ތަރައްޤީކުރަން ދުބާޢީގެ އިފްޒާ ކުންފުންޏަށް

ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުތައް ތަރައްޤީކުރުމަށް ދުބާއީގެ އެންމެ ބޮޑު ފްރީޓްރޭޑް ޒޯން ކުންފުނި ކަމަށްވާ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މީރުމާ ގްރޭންޑްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދުބާއީގައި އިފްޒާއިން ވަނީ މާލެ ކައިރީ ކ.ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އަދި ފައިނޭންޝަލް ޒޯނެއް ހެދުމުގެ އިތުރުން އުތުރުގެ އިހަވަންދިއްޕޮޅުގައި ސަރުކާރުން ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގައި ވެސް ބައިވެރިވެ އެތަން ތަރައްގީ ކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. 

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދުއެވެ. އަދި އިފްޒާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން މާޓިން ގްރެގާސް ޕެޑެސެންއެވެ.

އިގްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައިވާގޮތުން، މި އެއްބަސްވުމުގެ ދަށުން ކ. ފުނަދޫ މާލީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެރަށުގައި ފައިނޭންޝަލް ސެންޓަރެއް ތަރައްޤީކުރުމާއި، މާލެއާއި ހުޅުލެ ދޭތެރޭ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އިފްޒާގެ ޚަރަދުގައި ކުރެވޭނެ އެވެ.

އަދި އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ތެރެއިން އިފްޒާގެ ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް ބުންޏެވެ. 

އިފްޒާ ކުންފުންޏަކީ ދުބާއީގައި ފްރީޓްރޭޑް ޒޯންގެ ފެސިލީޓީތައް ގާއިމްކޮށް އެންމެ ފުޅާކޮށް އިންވެސްޓް ކުރަމުން ގެންދާ އެއް ކުންފުންޏެވެ. ފްރީޓްރޭޑް ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ދުބާއީގައި ވަސީލަތް ފޯރުކޮށްދެމުންދާއިރު، ކުންފުނި މެދުވެރިކޮށް ދުބާއީގައި ފޮރިން ޑައިރެކްޓް ގިނަ އިންވެސްޓްމަންޓްތަކެއް ކޮންމެ އަހަރަކު ވެސް ކުރަމުން ގެންދެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.