ވަޒީރު އަލީ އިހްސާން:
ހަބަރު
12 May 2024 | 14:25
އަމާޒަކީ ރަށަށް އަރާ ބިދޭސީ މީހާގެ ފޮޓޯއެއް ނަގާލައިގެން އޭނާއާ ބެހޭ ހުރިހާ މައުލޫމާތެއް އެނގޭ ވަރުވުން: އިހްސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ޓީމުން ނިމިދިޔަ ހަފްތާގައި ފެށި އޮޕަރޭޝަން ކުރަނގި އިން އެއްކުރެވޭ މައުލޫމާތާއި އެކު، ރަށް ރަށަށް އަރާ ބިދޭސީ މީހާގެ ފޮޓޯއެއް ނަގާލުމުން އޭނާއާއި ބެހޭ ހުރިހާ މައުލޫމާތެއް އެ ރަށެއްގެ ކައުންސިލަށް އެނގިގެން ދިޔުމަކީ އަމާޒު ކަމަށް އެ ވުޒާރާގެ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް އޮޕަރޭޝަން "ކުރަނގި"ގެ ފަށައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. 

އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން، ހޯމް ޓީމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިހްސާން ވިދާޅުވީ، އޮޕަރޭޝަން “ކުރަނގި” ގެ ދަށުން އެއްކުރެވޭ ބަޔޮމެޓްރިކް ޑާޓާގެ އެކްސެސް މިވަގުތު އޮންނާނީ ފުލުހުންނާއި، އިމިގްރޭޝަން އަދި ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރީއަށް ކަމަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ރަށްރަށަށް އަރާ ބިދޭސީން ދެނެގަތުމަށްޓަކައި ރަށްރަށުގެ ކައުންސިލް ތަކަށް ލިމިޓެޑް އެކްސެސް ދެއްވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ. 

މިހާރު މި ސޮފްޓްވެއަރ ޑިވެލޮޕް ކުރެވެމުން މިދަނީ، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ އަމާޒަކީ، ފޯނުގެ ޒަރީޢާއިން ބިދަެސީއެއްގެ ފޮޓޯ ނަގާލީމާ، އެމީހާއާ ބެހޭ މައުލޫމާތު އެ އިދާރާތަކަށް ލިބުން. މިހާރު މި ކުރެވޭ މަސައްކަތުގެ އެންޑް ރިޒަލްޓަކަށް ވާނީ އެވަރަށް ކައުންސިލްތަކާ ފުލުހުން އެމްޕަވަރ ކުރުން. މާނައަކީ ރަށއރަށުގައި ކައުންސިލަރަކު، ދޯންޏެއް އައިސް ރަށަށް ކައިރި ކޮށްލީމާ އޭގެން ފައިބާ ބިދޭސީން، އޭނާގެ ފޮޓޯއެއް ނަގާލީމާ، ސިސްޓަމުން ގާތްގަނޑަކަށް ތިރީހަކަށް ސުކުންތު ތެރޭގައި ރެސްޕޮންސް ލިބޭނެއޭ އެންމެ ލަސްވެގެންވެސް، އެއީ ކާކުތޯ، ކޮން ކުންފުންޏެއްގެ ދަށުން ރާއްޖެ އެތެރެވި މީހެއްތޯ، މިހާރު އޭނާ ހުރީ ގަވާއިދާ އެއްގޮތަށްތޯ، ގަވާއިދާ ޚިލާފަށްތޯ

ވަޒީރު ޢަލީ އިހްސާން

އެ މައުލޫމާތުތައް ލިބުމުން އެ ބިދޭސީ މީހާގެ މައްސަލަ ރިޕޯޓް ކުރަންޖެހޭ ނަމަ އެކަން ކައުންސިލަށް އެނގޭނެ ކަމަށާ، ކުރިއަށް އޮތް އެއް އަހަރު ތެރޭގައި މައުލޫމާތު ނެގުމުގެ މަސައްކަތް ކުރުމަށްފަހު، އޭގެ އަނެއް ދެ އަހަރު، އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އިހްސާން ވިދާޅުވިއެވެ. 

ކޮމެންޓް
ސައްލާ
ބަހަވީ ހަމަތަކަށް ލިޔުންތައް ލިޔުއްވުމަށް ސަމާލު ކަން ދެއްވާ. " އަމާޒަކީ ރަށަށް އަރާ ބިދޭސީ މީހާގެ ފޮޓޯއެއް ނަގާލައިގެން އޭނާއާ ބެހޭ ހުރިހާ މައުލޫމާތެއް އެނގޭ ވަރުވުން: އިހްސާން" ނަގާލުމަކީ ގެއްލުވާލުން.
12 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.