ބްރެޒިލް އަށް އިތުރަށް މޫސުން ގޯސްވާނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކުރޭ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
12 May 2024 | 15:54
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބްރެޒިލްގައި މަރުވިމީހުންގެ އަދަދު 136 އަށް އަރައިފި!

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ބްރެޒިލް އަށް ބޯކަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 136 އަށް އަރައިފިއެވެ.

ބްރެޒިލް ސަރުކާރުގެ ލޯކަލް ސިވިލް ޑިފެންސް އިން މިފަދައިން ހާމަކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހާއި ހިސާބަށް އެގައުމުން ވަނީ 126 މީހަކު މަރުވެފައެވެ.

ބްރެޒިލް އަށް ބޯކޮށް ވާރޭވެހި ތޫފާންތަކުގެ އަސަރު ކުރުމުގެ ސަބަބުން އެގައުމުގެ 537,000 މީހެއް ވަނީ ބޯހިޔާވަހިކަމުން މަހުރޫމް ވެފައެވެ. ހަމައެއާއިއެކު، ގާތްގަނޑަކަށް 446 އާބަން ސެންޓަރަށް އަސަރުކޮށް، ބްރެޒިލްގެ އާބާދީގެ 10.9 މިލިއަން މީހުންގެ ތެރެއިން 2.1 މީހުންނަށް ވަނީ އޭގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.

ބްރެޒިލްގެ މޫސުމާ ބެހޭ އިދާރާތަކުން ރިޕޯޓްކުރާ ގޮތުގައި ކުޑަ ވަގުތުކޮޅަކަށް ވާރޭ ހުއްޓާލުމަށް ފަހު މިދިޔަ ހުކުރު ދުވަހު އަނެއްކާވެސް އެގައުމަށް ވާރޭ ވެހެން ފެށުމުގެ ސަބަބުން އެގައުމުގެ ކޯރުތައް ވަނީ ބަންޑުން ވެފައެވެ. އެކަމާއި ގުޅިގެން އެ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އަދިވެސް ބްރެޒިލްގެ ބެސިން ތަކާއި ކޯރުތައް ހުރީ އެހާލަތުގައި ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މިދިޔަ ހަފްތާއިން ފެށިގެން ބްރެޒިލް އަށް ވެހެންމުންދާ ވާރެއާއި ގުޅިގެން 754 މީހުން ޒަހަމްވެ  134 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ހަމައެއާއިއެކު މި ކާރިސާގެ ތެރޭގައި ވެސް މީހުން ކުށްތަކަށް އަރައިގަތުމުގެ ސަބަބުން ދަނީ ހައްޔަރު ކުރެވެމުންނެވެ. މިގޮތުން ވައްކަމާއި ފޭރުމުގެ މައްސަލަ އާއި ގުޅިގެން 47 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 6 މީހުންނަކީ މި ކާރިސާގައި ގެދޮރު ގެއްލިގެން ދިޔަ މީހުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.

ބްރެޒިލް އަށް ކުރަމުންދާ ވިއްސާރަ އަދިވެސް ގޯސްވާނެ ކަމަށް ލަފާކޮށް، އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ވާރޭގެ ސަބަބުން ގެއްލުންވި ގެތަކުގެ މީހުން މިވަގުތަށް އެނބުރި އެ ގެތަކަށް ނައުމަށް އިލްތިމާސް ކުރަމުންނެވެ.

މި ވިއްސާރައިގެ އަސަރު ބްރެޒިލްގެ އަވައްޓެރި ގައުމެއް ކަމަށްވާ އުރުގުއޭ އަށްވެސް ކޮށް އެގައުމުގެ 1,347 މީހުން ބޯހިޔާވަހިކަމުން މަހުރޫމްވެ، އެތައް ބަޔަކަށް ކަރަންޓުގެ ޚިދުމަތް ވަނީ މެދިކެނޑިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.