ވަޒީރު އިހުސާން-- ފޮޓޯ: ވޮއިސް
ހަބަރު
12 May 2024 | 17:07
ރާއްޖެ އިން ބޭރަށް 10،000 ޑޮލަރަށް ވުރެ ގިނައިން ގެންދެވޭނީ ފައިސާ ހޯދީ ކިހިނެއްތޯ ބެލުމަށްފަހު: ވަޒީރު އިހުސާން

މީގެ ފަހުން ރާއްޖެ އިން ބޭރަށް ދާއިރު 10،000 ޑޮލަރަށްވުރެ ގިނައިން ގެންދެވޭނީ އެ މީހަކު އެ ފައިސާ ހޯދީ ކިހިނެއްތޯ ބެލުމަށްފަހުގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ރާއްޖެ އިން ބޭރަށް ނަގުދު ފައިސާ ބޭރުކުރުމުގައި ކަސްޓަމްސްގެ ކޭޝް ޑިކްލަރޭޝަން ގަވާއިދަށް އިސްލާހު ގެނެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި 10،000 ޑޮލަރަށް ވުރެ މަތިން ރާއްޖެ އިން ބޭރަށް ފައިސާ ގެންދާ ނަމަ، އެ ފައިސާ ހޯދި ގޮތެއް ސާބިތުކޮށްދިނުން ހިމެނޭ ކަމަށެވެ.

ވަޒީރު އިހުސާން ވިދާޅުވީ، މީގެ ކުރިން 10،000 ޑޮލަރަށް ވުރެ މަތިން ހިފައިގެންދިޔަ ނަމަވެސް، ބައިނަލްއަގްވާމީ އިދާރާތަކުގައި މިކަމަށް މިންގަނޑުތަކެއް އޮންނަ ކަމަށާއި، އެއީ އެމީހާ ކޮންތާކުން ހޯދި ލާރިއެއްތޯ ބަލަން ޖެހޭ ކަމަށެވެ.

"ބޭރު މީހަކު ވިޔަސް ދިވެއްސަކު ވިޔަސް ރާއްޖެ އިން ބޭރަށް 10،000 ޑޮލަރަށް ވުރެ ގިނައިން ހިފައިގެންދާ ކަމަށްވާ ނަމަ، ރަނގަޅަށް ޑިކްލައިކޮށް ކޮންތާކުން ކިހިނެއް ހޯދި އެއްޗެއްތޯ ގާނޫނީ އިމުގެ ތެރެއިން ބަލާއިރު ހަމަޖެހޭ ވާހަކައެއްތޯ އެމީހަކު އެ ދައްކަނީ ބަލާފައި އެ ޑިކްލަރޭޝަން ނިމުނީމަ ނޫނީ އެ ފައިސާ އަޅުގަނޑުމެން ދުލެއް ނުކުރަން"

ވަޒީރު އިހުސާން ވިދާޅުވިއެވެ.

މަސައްކަތްތެރީންގެ ގޮތުގައި ރާއްޖެ އަށް އެތެރެވާ ބިދޭސީން ހަފުތާއަކު އެއް ފަހަރު ރާއްޖެ އިން ބޭރަށް ދާއިރު ލިބޭ އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ގެންދާއިރު، ބައެއް ބިދޭސީން ލައްކައެއްހާ ޑޮލަރު ގެންދާކަން ފާހަގަކުރައްވާ ވަޒީރު އިހުސާން ވިދާޅުވީ، އަލަށް އެކުލަވާލީ އުސޫލުގެ ދަށުން ދިވެހިންނާއި ބިދޭސީންނަށް ވެސް 10،000 އަށްވުރެ ގިނަ ޑޮލަރު ބޭރަށް ގެންދާނަމަ އެއީ އެމީހަކަށް ކިހިނެއް ލިބުނު ފައިސާއެއްތޯ މީގެ ފަހުން ބުނެދޭން ޖެހޭނެ ކަމަށެވެ.

ކޮމެންޓް
ފާތުން
މިމީހުން ހެޔޮބޮޑެތިދަބަހުގަ ކިތަންމެވަރަކަށްބޭރުކުރިޔަސް
12 May 2024
ބޮރޯކަރ
ކުރީގަވެސް *65ހާސް ރުފިޔާއަށްވުރެ މަތިންނަމަ ކޭޝް ޑެކްލަރޭޝަން ހަދަންޖެހޭކަމައް ބުނެއުޅޭ. ޤާނޫނީ ރެފެރެންސްއެއް އެއޭރުވެސް ނުދެއްކުނު.
16 May 2024
ބޮރޯކަރ
މިހާރުވެސް ހެޑްލައިނެއް ތިޔަ ދައުރު ކުރުވަނީ. ކޮބާތޯ ޤާނޫނީ ރެފަރެންސް? ގެޒެޓްގެ ލިންކް؟. ޤާނޫން ހަދަނީ މަޖިލިސްއިން ނޫންތޯ?
16 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.