މުރަކަތަކެއް ހުދުވެފައި-- ފޮޓޯ: އެކްސްއެލް ކެޓްލިން ސީވިއު ސާވޭ
ހަބަރު
13 May 2024 | 13:00
ފަރުތަކުގައިވާ ގާތައް ހުދުވާތީ އީޕީއޭއިން އެޅި ފިޔަވަޅުތަކަށް މަސީ އާއި މަޓީން ވެސް ތާއީދުކޮށްފި

ރާއްޖޭގެ ފަރުތަކުގައިވާ ގާތައް ހުދުވާތީ އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެޅި ފިޔަވަޅުތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަސީ) އާއި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަޓީ) އިން ވެސް ތާއީދުކޮށްފިއެވެ.

މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރަކަށްވާތީ އީޕީއޭއިން ވަނީ ގާހުދުވުމާއި (ކޮރަލް ބްލީޗިންގ) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ނިންމައި އެކަމާއި ގުޅޭ ނޫސްބަޔާނެއް މިމަހުގެ 9 ވަނަ ދުވަހު އާއްމުކޮށްފައެވެ.

މި ނޫސްބަޔާނުގައި ދިވެހިރާއްޖޭގެ ސަރަހައްދު އޮތީ "އެލާރޓް ލެވަލް 1" ގައިކަން ފާހަގަކޮށް އީޕީއޭއިން ބުނީ ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯރޓް ލިބެމުންދާތީ ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން 10 ޖޫން 2024 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅު ތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފަރުތަކަަށް ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ މަސައްކަތްތަކަށް އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލުމާއި ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން ހުއްޓާލުމުގެ އިތުރުން މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން ފަދަ މަސައްކަތްތަކަށް އީ.އައި.އޭ އަދި ހުއްދަ ދޫކުރުން ވަނީ އީޕީއޭ އިން ކަނޑައެޅި މުއްދަތަށް ހުއްޓާލާފައެވެ.

އީޕީއޭގެ މި ފިޔަވަޅު ތަކަށް ތާއީދުކޮށް، މަޓީ އާއި މަސީން ނެރުނު ނޫސް ބަޔާނުގައި، މިއީ ރާއްޖޭގެ ފަރުތައް ހިމާޔަތްކޮށް، ތިމާވެށި ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމަށް މުހިއްމު ފިޔަވަޅުތަކެއްކަން ފާހަގަކޮށް އެ ދެ ޖަމިއްޔާގެ މެމްބަރުން މި ނިންމުމަށް ތާއީދު ކުރުމަށް ވަނީ ގޮވާލާފައެވެ.

ހަމައެއާއިއެކު މި ފިޔަވަޅު ތަކަކީ ގާތައް ހުދުވެ، ފަރުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ފިޔަވަޅު ތަކެއް ކަމަށް މަޓީ އާއި މަސީން ނެރުނު ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ނޫނު
ހުޅުމާލޭގެ ވެމްކޯ ބާޖްތަކުން ފަޅުތެރެއައް، އެޅޭ ކުނިތައް، އެރަށުން ބޭރުވެ،މުޅި ފަޅާއި ފަރުބޭރުގަ، ގާތައްވެސް ހަލާކުވަނީ، މަސީ އާއި މަޓީން އަށް ނުފެންނަނީބާ؟
13 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.