ޘާބިތު ގުރޫޕާއެކު އުމްރާއަށް ގޮސް ތިބި ބަޔަކު: ފޮޓޯ/ ޘާބިތު އުމްރާ ގުރޫޕް
ހަބަރު
14 May 2024 | 12:00
ޘާބިތު ޢުމްރާ ގުރޫޕާއެކު ސެޕްޓެމްބަރ-އޮކްޓޯބަރ އަދި ޑިސެމްބަރ ގައި އުމްރާއަށް ދިޔުމުގެ ފުރުސަތު

ޘާބިތު ހައްޖު އެންޑް އުމްރާ ގްރޫޕާއެކު، ކުރިއަށް އޮތް ސެޕްޓެމްބަރ-އޮކްޓޯބަރ އަދި ޑިސެމްބަރ ޗުއްޓީގައި އުމްރާގެ އަޅުކަން އަދާ ކުރަން ދިޔުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ޘާބިތު ހައްޖު އެންޑު ޢުމްރާ ގުރޫޕުން ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރ އޮކްޓޯބަރ އާ ދިމާކޮށް އެ ގުރޫޕުން ރާވަފައިވާ ޢުމްރާ ދަތުރަށް އެ ގުރޫޕުން ކަނޑައަޅާފައިވާ އަގަކީ 27,500 ރުފިޔާއެވެ. 

އަދި ޑިސެމްބަރ ޗުއްޓީ އުމްރާ ދަތުރަށް 28،500 ކަނޑައަޅާފައިވާއިރު އެ ދަތުރަކީ 15 ދުވަހުގެ ދަތުރެއް ކަމަށް ބުނެފައިވެއެވެ.  

މި ދެ ދަތުރުގައި އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ޢުމްރާ ވިސާއާއި މައްކާއާއި މަދީނާގައި ތިބުމާއި، ދިވެހި ވަންތަ ކެއުމާއި ބުއިން ހަމަޖައްސައިދިނުމުގެ އިތުރަށް، ޢުމްރާއަށް ތައްޔާރުކޮށްދިނުމަށް ބޭނުންވާ ތަމްރީނާއި، ދުޢާ ކާޑާއި، މައްކާއާއި މަދީނާއަށް ޒިޔާރާތްކުރުމުގެ ދަތުރެއް ހިމެނެއެވެ.

މީގެ އިތުރުން ތިން ޢުމްރާކުރުމުގެ ފުރުސަތާއި، ހަރަމްފުޅާ ކައިރިން ހޮޓާ ފޯރުކޮށްދިނުމުގެ އިތުރަށް އެ ދަތުރުގެ ބައިވެރިންނަށް އެ ގުރޫޕުން އިހުރާމު އަދި ފައިވާންލާ ދަބަސް ވެސް ފޯރުކޮށްދެއެވެ. 

އެ ޚިދުމަތްތަކުގެ އިތުރުން، ހިލޭ ޠާއިފް ދަތުރަކާއި، ޖިއްދާ ދަތުރެއްގެ އިތުރުން އަގީގާއާއި ޞަދަޤާތުގެ ގޮތުގައި ބަކަރި ކަތިލުންވެސް ކުރިއަށް ދާނެ ކަމަށް އެ ގުރޫޕުން މައުލޫމާތު ދެއެވެ.

އުމްރާ ދަތުރު ތަކަށް ރަޖިސްޓަރީކުރައްވައި ޖާގައެއް ކަށަވަރުކުރެއްވުމަށް ދައްކަންޖެހޭނީ 5،000 ރުފިޔާއެވެ. އަނެއްބައި ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު އޮތް ކަމަށް ޘާބިތުން މައުލޫމާތު ދެއެވެ. 

މި ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު އޮޅުންފިލުއްވުމަށް ބޭނުންފުޅުވާ ބޭފުޅުން 7907074 ނުވަތަ 9402423 ނަންބަރަށް ގުޅުއްވުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ
09 Aug 2026
އެފްޑީސީގެ އަމާން ޓަވަރުތައް ކައިރިން 670 ޓަނުގެ ކުނި ނަގައިފި
ކުނިތައް ނެގުމުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކުރައްވަމުން މަލްޝާ ވިދާޅުވީ މިއަދުވެސް ކުނިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ
09 Aug 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑެން ކެންސަރު ބަލީގެ ތަހައްމަލުކުރަން އުނދަގޫ ވޭނެއްގައި
ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ.